ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު އިސްތިއުފާ ދެއްވައިފި
ކްރިމިނަލް ކޯޓްގެ ޤާޟީ ޙަސަން ނަޖީބު އިސްތިއުފާދެއްވައިފިއެވެ.
ޤާޟީ ޙަސަން ނަޖީބު އިސްތިއުފާދެއްވާފައި މިވަނީ ފަނޑިޔާރުންގެ ސުލޫކާ ހިލާފަށް އަމަލުކޮށްފައިވާތީ އޭނާ ގާޟީކަމުން ވަކިކުރަން ޖޭއެސްސީން ނިންމާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނިކޮށެވެ.
ޤާޟީ ޙަސަން ނަޖީބުގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް ހުށައެޅި އަމިއްލަ ފަރާތަކުންނެވެ. އެ މައްސަލަ ނިންމާ ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ޤާޟީ ޙަސަން ނަޖީބާ ގުޅޭ ގޮތުން ހުށައެޅި މައްސަލަ ބެލިބެލުމުން ޤާޟީ ސިޔާސީ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާކަމާއި ގާނޫނާ ހިލާފަށް އަމުރު ނެރެފައިވާކަން ކޮމިޝަނަށް ސާބިތުވާކަމަށެވެ.
އެގޮތުން އޭނާ ވަނީ 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ގއ އަތޮޅު ކައުންސިލްގެ ގއ.ވިލިނގިލީ ދާއިރާއަށް ކުރިމަތިލި ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކޮށްފައިވާކަމަށް ޖޭއެސްސީގެ ބަޔާނުގައިވއެވެ. އަދި އެ ކެނޑިޑޭޓް ނިސްބަތްވާ ސިޔާސީ ޕާޓީއަށް މީހަކު ސޮއި ކުރުވުމުގައި ޤާޟީ ޙަސަން ނަޖީބު ބައިވެރިވިކަމާއި، އެ އިންތިޚާބުގައި އެ ދާއިރާއަށް ކުރިމަތިލި އަނެއް ކެނޑިޑޭޓްގެ ކެނޑިޑެސީ ބާޠިލުކުރުމަށް ޤާޟީ ޙަސަން ނަޖީބު ބައިވެރިކަން ސާބިތުވާކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.
ޤާޟީ ޙަސަން ނަޖީބު އިސްތިއުފާދެއްވާ ނެރުނު ބަޔާނެއްގައި ވަނީ މަޤާމުން އިސްތިއުފާދެއްވީ މި ދަނޑިވަޅު ޝަރުއީ ނިޒާމުގެ ތެރޭގައި ފަނޑިޔާރުންގެ މުސްތަޤިއްލުކަމާއި މިނިވަންކަމާއެކު ޙުކުމް ކުރުމުގެ މާޙައުލުނެތި ގެއްލި ގޮސްފިކަމަށް ޤަބޫލުކުރެވޭތީކަމަށެވެ. އަދި ރައްޔިތުން މަޖިލީހަކީ ވަކި ފިކުރެއްގެ މައްޗަށް ގެއްލި ހުސްވެފައިވާ އިންސާފުގެ ކަންފުޅެއްވެސް ނެތް ބަދަލު ހިފުމުގެ ޖޯޝާއި ފޯރީގައި އޮތް މަޖިލީހަކަށް ވުމުން އެމަޖިލީހުން ިއންސާފު ލިބިދާނެކަމަށް ޤަބޫލުނުކުރެވޭތީކަމަށްވެސް ޤާޟީ ޙަސަން ނަޖީބުގެ