ވިޔަފާރި

އެތްލީޓުންނާއި ބޮޑީ ބިލްޑަރުންގެ މެދުގައި މަޝްހޫރު "އެކްސްޓެންޑް ބީ.ސީ.އޭ.އޭ"ގެ ޚާއްސަ ޕްރޮމޯޝަނެއް!

ދެން އެމްވީ ، ދެން އޮންލައިން

އެތްލީޓުންނާއި ބޮޑީބިލްޑަރުންގެ މެދުގައި މަޝްހޫރު އެވޯޑް ވިނިންގ ބީ.ސީ.އޭ.އޭ ރިކަވަރީ ޑްރިންކެއް ކަމުގައިވާ އެކްސްޓެންޑް ބީ.ސީ.އޭ.އޭގެ ހާއްސަ ޕްރޮމޯޝަނެއް އައިލެންޑާރސް ނިއުޓިޝަންގެ ފަރާތުން ފަށައިފިއެވެ.

Ads by STELCO

އައިލެންޑާރސް ނިއުޓްރިޝަންގެ ޑިރެކްޓަރ އަޙްމަދު ފާރިހު ވިދާޅުވީ، މި ޕޮރޮމޯޝަންގައި އެކްސްޓެންޑް ބީ.ސީ.އޭ.އޭ އިން 10 ޕަރސެންޓް ޑިސްޓަކައުންޓު ދިނުމަށް ހަމަޖެހިފާ ކަމަށެވެ. މި ޕްރޮމޯޝަން ކުރިޔަށްދާނީ ޖުލައި 1 އިން ފެށިގެން ޖުލައި 31 ގެ ނިޔަލަށެވެ.

ފާރިހު އިތުރަށް ވިދާޅުވީ، ކޮވިޑް19 ގެ ސަބަބުން ލޮކްޑައުންއަކަށް ގައުމުގޮސް އެތްލީޓުންނާއި ބޮޑީ ބިލްޑަރުންވެސް އެމީހުންގެ ކަސްރަތުތައް ވަރަށް ބޮޑަށް ހުއްޓިފައި އޮތުމަށްފަހު އަލުން ފަށާއިރު އެ ފަރާތްތަކަށް ބޭނުންވާ ބުއިންތައް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަކީ އައިލެންޑާރސް ނިއުޓްރިޝަންގެ މަގުސަދުކަމަށެވެ.


މި ބުއިމުގެ ހުރިހާ ފްލޭވާރއެއްވެސް ލިބެން ހުންނާނެ ކަމަށް ފާރިހު ވިދާޅުވިއެވެ. އެގޮތުން، "ބުލޫ ރާސްބެރީ"، "ގްރޭޕް" ގެ އިތުރުން "ސްމޭޝް އެޕަލް" އާއި "ނޮކް އައުޓް ފުރުޓް ޕަންޗް" އާއި "މެންގޯ މޭޑްނެސް" އަދި "ވޯޓަރ މެލަން އެކްސްޕްލޯޝަން" ލިބެން ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

Whey protein isolate in XTEND® PRO is an extremely clean, bioavailable protein source, selected specifically to fuel your fitness goals.

Call 7373344

Posted by Islanders Nutrition on Saturday, July 4, 2020

މި ޑްރިންކްސް ބައްލަވައިގަންނަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، އައިލެންޑަރސް ނިއުޓްރިޝަންގެ ހޮޓްލައިން ނަންބަރު 7373344 އަށް ގުޅުއްވުމުން ލިބޭނެ އންތިޒާމު ހަމަޖެހިގެންދާނެކަމަށް ފާރިހު ވިދާޅުވިއެވެ. މާލެ އާއި ހުޅުމާލެ އަދި މާލޭ ބަނދަރުގަ އޮންނަ އުޅަނދުތަކަށް ހިލޭ ގެންގޮސްދިނުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް "ރެޑް ބޮކްސް" މެދުވެރިކޮށް ފޮނުވައި ދެވޭނެކަމަށްވެސް ފާރިހު ވިދާޅުވިއެވެ.


މ.އައިލެކްސް 1ވަނަ ފްލޯގައި ޤައިމްކޮށްފައިވާ އައިލެންޑާރސް ނިއުޓިރިޝަން އަކީ 2013 އިން ފެށިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގެ ބޮޑީ ބިލްޑިންގ ސަޕްލިމަންޓް، ފިޓްނަސް އެޕަރަލްސް އަދި ހާބަލް ސަޕްލިމަންޓާއި އަދި މާމުއި އަދި ކާޅުދިރީގެ ބާވަތްތައް އެތެރެ ކޮށް ހޯލްސޭލް ކޮށް އަދި ރީޓެއިލް ކުރާ ފަރާތެކެވެ.

އެފަރާތުން ވިއްކާ މަޝްހޫރ ތަކުގެ ސަޕްލިމަންޓްސް ބްރޭންޑްތަކުގެ ތެރޭގައި މަސަލްސް ފާރމް، އޮޕްޓިމަމް ނިއުޓިޝަން، ގެޓް،ބީ.އެސް.އެން، ސެލިއުކޯ، ޑިއިމަޓައިޒް އަދި އެކްސްޓެންޑް ބްރޭންޑް ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!