ލައިފްސްޓައިލް

ދަތުގައި ކޮބަޑި ޖެހުމަށް އޮތް ހައްލަކީ ކޮބާ؟

ދެން އެމްވީ ، ދެން އޮންލައިން

ދަތްތައް ސާފުކޮށް ބެހެއްޓުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމެކެވެ. އެހެނީ މީހަކާ ފުރަތަމަ ބައްދަލުވާއިރު ދަތަކީ އެންމެ ފުރަތަމަ ވެސް ފެންނަ އެއް ތަނެވެ. ރީތި ހިނިތުންވުމެއް އިތުރަށް ފުރިހަމަކޮށްދިނުމަށް ވެސް ދަތްތައް މުހިންމު ރޯލެއް އަދާކުރެއެވެ.

Ads by MWSC

ނަމަވެސް ދަތްތަކުގައި ކޮބަޑި ޖެހުމަކީ ދަތްތަކުގެ ރީތިކަން ގެއްލުވާލާ އެއްޗެކެވެ. ހަމައެހެންމެ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުނަށް ދިމާވާ ކަމެއްވެސް މެއެވެ.

ކޮބަޑި ނުވަތަ ޕްލޭގް އަކީ، ދަތުގެ ބޭރުގައި، އުފެދޭ، ބެކްޓީރިޔާގެ ފަށަލައެކެވެ. މި ފަށަލަ އުފެދޭ ގޮތް އާންމުކޮށް މެދުވެރިވަނީ ކިރާއި، ކޭކާއި މެޓާފަދަ ކާބޯހައިޑްރޭޓްސް ހިމެނޭ އެއްޗެހި ކެއުމަށްފަހު ދަތް ސާފުނުކޮށް ބެހެއްޓުމުންނެވެ.

ކޮބަޑި ޖެހުމުން ސަލާމަތްވުމަށްޓަކައި ކޮންމެ ދުވަހަކުވެސް، އެންމެ މަދުވެގެން ދެފަހަރު ދަތް އުނގުޅުން މުހިންމެވެ. ދަތް އުނގުޅާއިރު، ހިރުގަނޑާއި ދަތް ބައްދަލުވާ ހިސާބު ސާފުކުރުމަށް ވަކިން ޚާއްޞަ ސަމާލުކަމެއްދިނުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ. އަދި މިކަމަށް ވީހާ ވެސް ދަތްތައް މަޑު ބުރުހަކާއި ފްލޮއިޑް އެކުލެވޭ ބޭހެއް ބޭނުން ކުރުން އެދެވިގެން ވެއެވެ.

މީގެއިތުރުން ދަތްސާފުކުރާ ރޮދި ނުވަތަ ފްލޮސް ބޭނުންކޮށްގެން، އެންމެ މަދުވެގެން ކޮންމެ ދުވަހަކު އެއްފަހަރު، ބެކްޓީރިޔާއާއި، ކާއެއްޗެހީގެ އެތިކޮޅުކޮޅުތައް ދުއްވާލައި ދަތްތައް ސާފުކޮށް ދިނުމަކީ ވެސް ކޮބަޑި ޖެހުމުން ދުރުކޮށްދޭނެ ކަަމެކެވެ.

ހަމައެހެންމެ ފައިދާހުރި ކާނާ އެކުލެވޭހެން ބެލެންސް ޑައެޓެއް ކެއުމަކީ ވެސް މިކަމުން ދުރުވެވޭނެ ގޮތެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!