ކާށިދޫ ކަނޑަށް ބޯޓެއް އަޑިއަށް ގޮސް އެ ބޯޓުން ދަތުރު ކުރި 5 މީހުން ގެއްލިއްޖެ
ކާށިދޫ ކައިރިއަށް ބޯޓެއް އަޑިއަށް ގޮސް އެ ބޯޓުން ދަތުރު ކުރި ފަސް މީހުން ގެއްލިއްޖެއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، ކަނޑުވި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މީހުން އަދި ނުފެންނަ ކަމަށެވެ.
އާޒިމް ވިދާޅުވީ "ފަތޮޅު" ނަމަކަށް ކިޔާ އެ ބޯޓު ފެތުނީ ކާށިދޫ އުތުރުން ނުވަ މޭލު ބޭރުގައި އޮއްވައި އިންޖީނު ހުއްޓިގެން ކަމަށް މައުލޫމާތު ދިން ކަމަށެވެ. އިންޖީނު ހުއްޓިގެން ރިޕޯޓްކުރީ 12:29 ގައި ކަމަށާއި ބޯޓު އަޑިއަށް ދިޔައީ އަރިއަޅާލައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
Ads by Allied Insurance