ދަރިންނަށް މާ ބޮޑަށް ތައުރީފުކުރުމުން އެކުދިންގެ އަމިއްލަ އެދުން ބޮޑުވޭ
މައިންބަފައިން ދަރިންނަށް މާ ބޮޑަށް ތައުރީފު ކުރުމަކީ އެކަމުގެ ސަބަބުން ކުއްޖާގެ އަހުލާގަށް ނޭދެވޭ އަސަރު ކުރާ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އެމެރިކާގެ ޕްރޮސީޑިން އޮފް ދަ ނެޝެނަލް އެކަޑެމީ އޮފް ސައިންސަސް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދަރިންނަށް މާ ބޮޑަށް ތައުރީފުކޮށް ހެދުމަކީ ކުއްޖާގެ އަމިއްލަ އެދުން ބޮޑުވެ އަދި ބޮޑާ ކަމާއި ކިބުރުވެރިކަން އެ ކުދިންގެ އަހުލާގުގައި އަށަގަންނަ ކަމެކެވެ.
މީގެ އިތުރުންވެސް އެ ދިރާސާގައި ބުނެފައިވާ ގޮތުގައި އަމިއްލަ ދަރިއަށް މައިންނާއި ބަފައިންގެ ހިތުގައި އޮންނަ ލޯތްބެއްގެ ބޮޑުކަމުން އެ ލޯބީގައި ހައްދުފަހަނަޅައި ދެވޭއިރު ވެސް އެކަން ނޭނގޭ ކަމަށާއި ލޯބީގައި ހައްދު ފަހަނާ އަޅާދާ ނަމަ އެކަމުގެ ނޭދެވޭ އަސަރު ކުއްޖާއަށާއި ކުއްޖާގެ މުސްތަގުބަލަށް ވެސް ކުރެއެވެ.
މީގެ އިތުރުން ދަރިފުޅު ބޭނުންވާހާ ކަމެއް އޭނާ އަށް ކޮށް ދިނުމުގެ ބަދަލުގައި ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއް ދައްކައިގެން ދަރިފުޅަށް ކަންތައްތައް ބުނެ ދިނުމުން ދަރިފުޅުގެ އަޚުލާގަށް ހެޔޮ ބަދަލުތައް އަންނަ ކަން ވެސް މި ދިރާސާގައި ފާހަގަ ކޮށްފައިވެއެވެ.
މި ދިރާސާގައި އުމުރުން ހަތް އަހަރާއި 11 އަހަރުގެ 565 ކުދިން ބައިވެރިކޮށް 18 މަސް ދުވަސް ވަންދެން އެމީހުންގެ ދިރިއުޅުން ދިރާސާކޮށްފައިވެ އެވެ.