ދުނިޔެ

އާބާދީގެ ބޮޑު ބަޔަކު މަރާލި ބައްޔެއް ހުރި މީހަކު ޗައިނާއިން ފެނި، ބިރުވެރި ކަމެއްގެ ތެރޭގައި

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގެ އަވަށެއް ކަމަށްވާ މޮންގޯލިއާ ސަރަހައްދު ވަނީ ބޮޑު ބިރުވެރި ކަމެއްގެ ތެޜޭގައެވެ. ފާއިތުވެ ދިޔަ ގަރުނުތަކުގައި ފެނިފައިވާ ބައްޔެއް އެތައް ގަރުނަކަށް ނުފެނި ހުރުމަށް ފަހު އަނެއްކާ މިވަނީ މިދިޔަ އަންގާރަ ދުވަހު ޗައިނާގެ އަވަށެއްގައި އުޅޭ މީހެއްގެ ގައިން ފެނިފައެވެ. މި ބައްޔަކީ އެހާ ބިރުވެރި ކަން ބޮޑު ބައްޔަކަށް ވުމާއިއުކެ މި ބައްޔަށް ދެވިފައިވާ ނަމަކީ "ބުބޮނިކް ޕްލޭގް" އެވެ.

Ads by Sosun Fihaara

މި ބަލީގެ އެންމެ ފުރަތަމަ އަލާމާތެއްއް ފެނިފައި މިވަނީ ބެޖިންގް ގެ އަވަށެށް ކަމަށްވާ ބައެޔަނުރްގައި އުޅޭ މީހެއްގެ ފަރާތުންނެވެ. ހަބަރު ފަތުރާ ވަސީލަތަކުން ހާމަކުރާ ގޮތުގައި މި ބަލީގެ ސަބުން އާންމުންގެ ތެރޭގައި ވަނީ އިންޒާރެއް ނެރެވިފައެވެ. އަދި މި ބަލިން ސަލާމަތް ވެވޭނެ ގޮތްތަށް ވެސް މަގުފަހި ކޮއްދެއްވާފައި ވެއެވެ.

މި ބައްޔަކީ ނުރައްކާތެރި ބައްޔެއް ކަމަށް ސިއްހީ މާހިރުން ފާހަގަ ކޮށް، ބަލި މީހާއަށް ފަރުވާ ދެމުންދާ ކަމަށް ރިޕޯތަކުން ބުނެއެވެ. މި ބަލި ފެތުރިފައި މިވަނީ އުދުހޭ ދިރޭ ތަކެތިންނާއި ބަލި ޖެހިފައިވާ ޖަނަވާރު ތަކުންކަމަށް ދިރާސާ ތަކުން ދައްކުވާދެއެވެ. މި ބަލި މަޑުކަން ފެތުރުނު ދުވަސް ކޮޅުގައި 50 މިލިއަނެއްހާ މީހުން މި ބަލީގައި މަރުވެފައިވާ ކަމަށް ރިޕޯޓް ތަކުން ދައްކައެވެ. ޒަމާނީ އެންޓިބައިޓިކްސް ގެ ފަރުވާ އަވަހަށް ދެވިއްޖެނަމަ މި ބަލީގެ އެކި އުދަގޫތަކުން ދުރުހެލި ކޮއްދެއެވެ. އަދި މި ބަލިން ސަލާމަތް ވުމުގެ ފުރުސަތުވެސް ބޮޑެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ކެއްސުމާއި، ކިންބިހި އެޅުމާއި އަދި އެހެނިހެން އަލާމަތްތައް ފެންނަ ކަމަށް ބޭރުގެ ރިޕޯޓް ތަކުން ހާމަ ކުރެއެވެ. އަދި މި ބަލި މަޑުކަން ފަތުރުން އިތުރުވިޔަ ނުދީ ހިފެހެއްޓުމުގެ ގޮތުން ވަނީ އެކަކު އަނެކަކާއި ކައިރި ނުވުމަށާއި، ޖަނަވާރު އެއްޗެހި ހިފާ އަދި ކައި ކަންތައް ކުރުން ވަނީ މަނާ ކޮށްފައެވެ. އެންމެ ފުރަތަމަ މި ބަލި ފެތުރިފައި މިވަނީ ޗައިނާގެ އަވަށަކުން ކައިހަދައި އުޅުނު ޖަނަވާރެއްގެ ސަބަބުންކަން ރިޕޯތްތަކުން ދައްކުވާދެއެވެ.

މިފަދަ ނުރައްކާތެރި ބައްޔެއް ޗައިނާ އިން އަނެއްކާވެސް ފެނިފައި ވާއިރު، މުޅި ދުނިޔެ ހުއްޓުމަކަށް ގެނުވި ކޮވިޑް19 އަކީ ވެސް ޗައިނާގެ ވޫހާން ސިޓީ އިން ފެނުނު ބައްޔެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!