ދުނިޔެ

ކުންފުނީގެ ހަރަދު ބޮޑުވުމުން، މުވައްޒަފެއް ރަހީނުކޮށް، ކުރިމަތި ފަރާތަށް ސެނިޓައިޒާ އަޅައިފި

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާ ގެ އަވަށެއްގައި ކުންފުންޏެއްގެ ތެރޭގައި ދިމާވި މައްސަލައަކާ ގުޅިގެން، ފިރިހެން މުވައްޒަފަކު ރަހީނުކޮށް ކުރިމަތި ފަރާތަށް ސެނިޓައިޒާ އެޅި މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by Sosun Fihaara

މިި ހާދިސާ ހިންގަން މެދުވެރިވީ ލޮކްޑައުން ގައި ކުންފުނީގެ ލާރިން އެ މުވައްޒަފު ދިއްލީގައި އުޅުމުން ކަމުގައި ރިޕޯޓުތައް ބުނެއެވެ. މުވައްޒަފު ރަހީނު ކުރުމުގައި ކުންފުނީގެ ވެރިމީހާގެ އިތުރުން ދެ މީހަކު ވަނީ ބައިވެރިވެފައެވެ.

އިންޑިއާ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ގައި އަނިޔާވި މީހާއަކީ އެ ކުންފުނީގެ މެނޭޖަރެވެ. އަދި އެއީ ތަފާތު އެކި އެކި އާޓް އެގްޒިބިޝަން ބާއްވާ ކުންފުންޏެއް ކަމަށާއި ލޮކްޑައުން ގެ ސަބަބުން އޭނާ ދިއްލީގައި ތާށިވީ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ލޮކްޑައުން ކުރުމުން އޭނާ ދިއްލީއިން ގެސްޓު ހައުސް އެއް ކުއްޔަށް ހިފައި ލާރި ދައްކާފައިވަނީ ކުންފުނީގެ ލާރިންނެވެ.

އަދި މިކަމުގެ ސަބަބުން ލޮކްޑައުންގައި ކުންފުނީގެ އާމްދަނީ ވަރަށް ދަށްވެފައިވަނިކޮށް، ހަރަދުތައް ވަނީ ބޮޑުވެފައެވެ.

މި މީހާ ރަހީނުކޮށް ބަހައްޓާފައިވަނީ ކުންފުނީގެ އޮފީހުގައި ކަމަށްވާއިރު އޭނާ ލާރި އަނބުރާ ދައްކަން ދެކޮޅު ހެދުމުން އޭނާގެ ކުރިމަތި ފަރާތަށް ވަނީ ސެނިޓައިޒާ ސްޕްރޭ ޖަހާފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!