ފުލުހުންގެ ބެލުމުގެ ދަށުން މޮސްޓާ ދޫކޮށްލައިފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ފަރާތުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ދޫކޮށްލައިފިއެވެ.
އެނގިފައިވާ ގޮތުގައި މޮސްޓާ ހައްޔަރު ކޮށްފައިވަނީ މިއަދު ހަވީރު 4:00 ހާއިރު ހެންވޭރު ޖެލީ ކައިރިންނެވެ. އޭނާ ދޫކޮށްލާފައިވަނީ މިރޭ 11:00 ހާއިރެވެ.
މޮސްޓާ ގެ އިތުރުން މިއަދުގެ މުޒާހަރާ ތެރެއިން ހައްޔަރުކުރި އިދިކޮޅުގެ އެހެން ބައެއް ފަރާތްތަށް ވެސް ދޫކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އިމިއަދުގެ މުޒާހަރާ ތެރެއިން މޮސްޓާގެ އިތުރުން ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ)، ޕީޕީއެމް ގެ ނައިބު ރައީސް ޣައްސާން މައުމޫން، ޕީއެންސީ ގެ ނައިބު ރައީސް މުޙައްމަދު ނިމާލް އަދި ކުރީގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑް) ވެސް ހައްޔަރު ކުރިއެވެ.