ކުޑަކުއްޖެއްގެ ފުއްމާޕޭގައި ތާށިވި ކާ އެތިކޮޅެއް ނެގުމަށް ބޮޑު އޮޕަރޭޝަނެއް ކޮށްފި
ކުޑަކުއްޖެއްގެ ފުއްޕާމޭގެ ނޭވާލާ ހޮޅިއެއްގެ ތެރޭގައި ކާ އެތިކޮޅެއް ތާށިވެ ެބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ، ރޯގާ ޖެހި ނޭވާލާން އުނދަގޫވާތީ ފަސް އަހަރުން ދަށުގެ ކުއްޖެއްގެ ސީޓީ ސްކޭނެއް ހެދިއިރު، ނޭވާލާ މައި ހޮޅިއަށް ވުރެ ވެސް އެތެރޭގައި ކާ އޭތިކޮޅު ތާށިވެފައިވާ ކަން އެނގުނު ކަމަށާއި އެ އެތިކޮޅު ނަގަން އައިޖީއެމްއެޗްގެ ޑޮކްޓަރުން މަސައްކަތްކުރި ކަމަށެވެ
ނަމަވެސް ގަނޑުކޮށްގެން ވެސް އެ އެތިކޮޅު ނެގޭ ގޮތެއް ނުވެ، ކުއްޖާގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ވެސް ތިން ދުވަހު އޮތް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. ނަމަވެސް ކުއްޖާގެ ހާލު މިހާރު ރަނގަޅެވެ.
އައިޖީއެމްއެޗުން ބުނީ އެ ކާ އެތިކޮޅު ނަގާކަށް ދެން މަސައްކަތެއް ނުކުރާނެ ކަމަށާއި ރާއްޖެއިން ބޭރަށް ފޮނުވާލައިގެން ބޮޑު ސާޖަރީއަކުން އެ އެތިކޮޅު ނެގުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އިތުރު ގޮތެއް ނެތް ނަމަ ފުއްޕާމޭ ހުޅުވައި އެ ކާ އެތިކޮޅާއެކު އެ އިން ހިސާބު ނަގަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.