ދުނިޔެ

ކޮވިޑް19 އަކީ އާދައިގެ ހުމެއް ކަމަށް ވިދާޅުވި ބްރެޒިލް ގެ ރައީސް، ކޮވިޑް19 އަށް ފައްސިވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ބްރެޒިލް ގެ ރައީސް ޖެއާ ބޮންސެރާނޯ ކޮވިޑް19 އަށް ފައްސިވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ މިއަދު އެގައުމުގެ ގައުމީ ޓީވީ މެދުވެރިކޮށް ދެއްވި ހިތޯބެއްގައެވެ.

Ads by WAMCO

ކޮވިޑަށް ފައްސިވީކަމުގައި ވިޔަސް ހާލުފުޅު ރަނގަޅުކަމަށާއި ހުމުގެ އިތުރުން އިތުރު ވައިރަހުގެ އަލާމާތެއް އަދި ފެނިފައިނުވާ ކަމަށް ބޮންސެރާނޯ ވިދާޅުވިއެވެ.

ބްރެޒިލް ގެ ރައީސް ކޮވިޑަށް ފައްސިވެފައިވާއިރު، މީގެ ކުރިން މި ވައިރަހަކީ އާދައިގެ ވައިރަހް ހުމެއް ކަމުގައި އޭނާ ވިދާޅުވުމުން ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.

އަދި އޭނާ އަކީ މާސްކު އެޅުމާ ވެސް ވަރަސް ދެކޮޅު ބޭފުޅެއް ކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން ކޯޓުން ފަނޑިޔާރަކު އޭނާގެ މައްޗަށް މާސްކު އަޅަން އަމުރުކުރުމުން ވެސް އޭނާ ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ.

ކޮވިޑް19 އާ ދެކޮޅަށް ބްރެޒިލް އިން އެޅި ދޯދިޔާ ފިޔަވަޅުތަކާއެކު ބްރެޒިލް މިހާރު ވެފައިވަނީ ދެވަނަ އަށް އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ގައުމަށެވެ. ލިސްޓުގެ އެއްވަނައިގައި އަދިވެސް އޮތީ އެމެރިކާއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!