ދުނިޔެ

އެމެރިކާގައި ވެސް ޓިކްޓޮކް ބޭން ކުރަން ވިސްނަނީ!

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާއިން ވެސް ޓިކްޓޮކް ބޭން ކުރުމާއިމެދު ވިސްނަމުންދާ ކަމަށް އެޤައުމުން ހާމަ ކޮށްފިއެވެ.

Ads by WAMCO

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓެޓް މައިކް ޕޮމްޕިއޯ ވިދާޅުވެފައިވަނީ ޗައިނާއިން އުފައްދާފައިވާ ސޯޝަލް މީޑިއާ އެޕްތައް ބޭން ކުރުމާއިމެދު ވިސްނަމުންދާ ކަމަށާއި، އޭގެ ތެރޭގައި ޓިކްޓޮކް ވެސް ހިމެނޭ ކަމަށެވެ.

"ޔަގީންކަމާއެކު މިކަން އިއުލާނުކޮށް ރައީސް ޑޮނަލްޑް ޓްރަމްޕް އަށްވުރެ މަތިވާކަށް ބޭނުމެއް ނޫން. އެކަމަކު މިވަގުތު ބުނެލަން އޮތީ އެއެޕްލިކޭޝަންތައް ބޭން ކުރުމާއިމެދު ވިސްނަމުން އެބަ ގެންދަމޭ" ޕޮމްޕިއޯ ވިދާޅުވެފައިވެއެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ބުނެފައިވަނީ، ޗައިނާއިން އުފައްދާފައިވާ އެފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް ރައްޔިތުންގެ ޒާތީ މައުލޫމާތު އެޤަުމުގެ ޑޭޓާބޭސް އަށް ނަގަމުންދާ ކަމުގެ މައުލޫމާތުތަކެއް އިންޓެލިޖެންސް މެދުވެރިކޮށް ލިބެމުންދާ ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ.

މުޅި ދުނިޔެއަށް ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ގެ ސަބަބުންް އެމެރިކާ އާއި ޗައިނާ އާއިމެދު މިހާރު ވަނީ ކަންބޮޑުވުންތަކެއް ވެސް ފެށިފައެވެ. އަދި މިފަދަ މައްސަލަތަކެއް ޗައިނާ އާއި އިންޑިއާ އާއިވެސް ޖެހުމުން، އެޤައުމުން މިހާރުވެސް ވަނީ ޓިކްޓޮކް ބޭން ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!