ދުނިޔެ

ސައުތު އެފްރިކާގައި ކޮވިޑް އައިސޮލޭޝަން ވޯޑެއްގައި އޮތް ދެ އަަހަރުގެ ކުޑަކުއްޖަކު ރޭޕް ކޮށްފި!

ދެން އެމްވީ ، ދެން އޮންލައިން

ސައުތު އެފްރިކާގެ ހޮސްޕިޓަލެއްގައި ކޮވިޑް-19 އައިސޮލޭޝަން ވޯޑެއްގައި އޮތް އުމުރުން އެންމެ ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކި ރޭޕް ކޮށްފިއެވެ.

Ads by WAMCO

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އެކުޑަ ކުއްޖާ ރޭޕް ކޮށްފައިވަނީ ޕްރީޓޯރިއާގައި ހުންނަ ޑރ. ޖޯޖް މުޚާރީ އެކެޑަމިކް ހޮސްޕިޓަލުގެ އައިސޮލޭޝަން ވޯޑެއްގައި އެޑްމިޓު ކޮށްފައި އޮއްވައެވެ.

މިމައްސަލަ އެޤަުމުގެ ފުލުހުންނާއި އެހޮސްޕިޓަލުން ވެސް މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، އެކުއްޖާގެ ބޮޑުދައިތަ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެކުޑަކުއްޖާ ހޮސްޕިޓަލުގައި އެޑްމިޓު ކުރީ ކޮވިޑް ގެ އަލާމާތްތަކެއް ފެނިގެން ކަަމަށެވެ. ކުއްޖާގެ ބޮޑުދައިތަ އެދިފައިވަނީ އެކުއްޖާގެ ނަން ރިޕޯޓުތަކުގައި ނުޖެހުމަށެވެ.

"ނިއުސް24" އިން ބުނެފައިވާ ގޮތުގައި އެވަގުތު އެކުއްޖާގެ މަންމަ ދިޔައީ ގެއަށެވެ. ނަމަވެސް ހޮސްޕިޓަލުން އޭނާއަށް ގުޅި ކަމަށާއި، އެކުއްޖާ ރޮނީ ކަމަށާއި "ތަނަކަށް ތަދުވާތީ އުޅެނީ" ކަމަށް ބުނެފައިވެއެވެ.

ކުއްޖާގެ ބޮޑުދައިތަ ބުނި ގޮތުގައި އެކުއްޖާގެ މަންމައާއި އެކުއްޖާވެސް އެހޮސްޕިޓަލުގައި އެޑްމިޓުވުމަށް އިރުޝާދު ދެއްވީ ކޭޓީ މޮޓޫބަޓްސޭ ކްލިނިކުން، މިދިޔަ މަހުގެ 15 ވަނަ ދުވަހުގައެވެ.

"ކުޑަ ކުއްޖާއަށް ނޭވާލުމުގެ ދަތިކަމެއް ހުރުމުން އެކްލިނިކުން ބުނީ އެހޮސްޕިޓަލުގައި އެޑްމިޓްވެ ކޮރޯނާއަށް ޓެސްޓު ކުރުމަށް. އެދެމައިން ވެސް ފުރަތަމަ އެޑްމިޓު ކުރި އެކަމަކު ކުއްޖާގެ މަންމަގެ ހާލު ރަނގަޅުވުމުން ވަނީ ދޫކޮށްލާފަ.. ކުޑަ ކުއްޖާ އެކަނި ބޭއްވީ. އެރޭ އެހޮސްޕިޓަލުން ކުއްޖާގެ މަންމައަށް ގުޅާފަ ބުނި ކުޑަކުއްޖާ ރޮނީ އޭ ތަނަކަށް ތަދުވާތީ އޭ އުޅެނީ.." ކުއްޖާގެ ބޮޑު ދައިތަ ބުންޏެވެ.

މީގެއިތުރުން އެކުއްޖާގެ ބޮޑުދައިތަ ބުނީ، ހޮސްޕިޓަލަށް ދާން ތައްޔާރުވަމުން ދަނިކޮށް އެރޭ 11 ޖަހާކަންހާއިރު ހޮސްޕިޓަލުގެ ސްޓާފަކު އެކުއްޖާގެ މަންމަ އަށް ގުޅާފައި، އެކުއްޖާ ނިދައިފި ކަމަށް ބުނި ކަމަށެވެ. ނަމަވެސް އޭގެ އަނެއް ދުވަހުގެ ހެނދުނު ކުއްޖާގެ މަންމަ އަށް ގުޅާފައި، އެކުއްޖާ ޑިސްޗާޖު ކުރެވިފައިވާ ކަމަށާއި، ކޮވިޑް އަށް ނައްސި ކަމަށާއި އެހެންކަމުން އޭނާ ބަލާ ދިޔުމަށް ހޮސްޕިޓަލުން ބުނިކަމަށް ވެސް ކުއްޖާގެ ބޮޑު ދައިތަ ބުނެފައިވެއެވެ.

"ހޮސްޕިޓަލަށް ކުއްޖާ ބަލާ ދިޔުމުން އެނގުނީ އެކުއްޖާއަށް ހިނގަން ދަތިވެގެން އުޅޭކަން. އަހަނަށް ހީވި ކޮންމެވެސް ކަމެއް ގޯސްކޮށް އެކުއްޖާއާއިމެދު ވެއްޖެއޭ. ކުއްޖާގެ މަންމަ އެކުއްޖާގެ ނެޕީ ބަދަލު ކުރަން އުޅުނުއިރު، ކުއްޖާގެ ކުރިމަތީ ފަރާތުގައި ހުދު ކުލައިގެ އެއްޗެއް ހުރިކަން ފާހަގަވި. ފުރަތަމަ ކުއްޖާގެ މަންމަ ހީކުރީ ބޭހުގެ ސަބަބުން އަންނަ އެއްޗެއް ކަމަށް. އެކަމަކު އޭގެ އަނެއް ދުވަހު ވެސް ހަމަ އެއެއްޗެހި އައި.އެހެންކަމުން ކުއްޖާގެ މަންމަ ރަނގަޅަށް ބެލުމުން އެނގުނު ކުއްޖާ ހުރީ ރޭޕް ކޮށްފަކަން" ބޮޑުދައިތަ ބުންޏެވެ.

ހޮސްޕިޓަލަށް ގެންގޮސް އިތުރަށް ބެލުމުން، އެކުއްޖާވަނީ ރޭޕް ކޮށްފަކަން ޔަގީންވިއެވެ.

ޕްރޮވިންޝަލް ޕޮލިސް ތަރުޖަމާނު ބްރިގޭޑިއަރ މަތަޕެލޯ ޕީޓާރސް ބުނެފައިވަނީ ރޭޕް ކޭސްއެއްކަމަށް މިމައްސަލަ ތަހުގީގު ކުރަމުންދާ ކަަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!