ސްކޫލަށް ދާން ކޮންމެ ދުވަހަކު ބައިސްކަލުގައި 24 ކިލޯ މީޓަރަށް ދަތުރުކުރި ކުއްޖާއަށް 98.5 ޕަސެންޓް މާކްސް
ކޮންމެ ދުވަހަކު ބައިސްކަލުގައި 24 ކިލޯ މީޓަރަށް ދަތުރުކުރި ކުއްޖާއަށް 98.5 ޕަސެންޓް މާކްސް ލިބިއްޖެއެވެ.
އިންޑިއާގެ އަޖްނޯލް ނަމަކަށް ކިޔާ އަވަށެއްގައި ދިރިއުޅޭ ރޯޝްނީ ބަޑޫރިޔާއަކީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެކެވެ. އޭނާ އަށް ގްރޭޑް 10ގެ ސްޓޭޓް ބޯޑު އިމްތިހާނުން ލިބުނީ 98.5 ޕަސެންޓެވެ. އަދި އޭނާ އަށް މެރިޓް ލިސްޓުގެ އަށް ވަނަ ވެސް ލިބިފައިވެއެވެ.
ގާތްގަނޑަކަށް 1200 މީހުން އުޅޭ އެ ވިލެޖުން މެގައޮން އަވަށަށް ބައިސްކަލުގައި ދިއުމަށް ގިނަ އިރުތަކެއް ހޭދަވެއެވެ. ރޯޝްނީ ވަނީ ދޭހާ އަތްވަކާއި ވެހުނުހާ ވާރެއެއްގައި ސްކޫލަށް ގޮސްފައެވެ. ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުން ބައެއް ދުވަސް ދުވަހު ރޯޝްނީއަށް ސްކޫލުން ގެއަށް ނުދެވިފައި ހުންނަން ޖެހެއެވެ.
ރޯޝްނީ ބުނީ ސްކޫލުން ގެއަށް ނުދެވޭ ދުވަސްތަކުގައި ތިމާގެ މީހުންގެ ގޭގައި މަޑުކުރަނީ ކަމަށެވެ. އަދި ބައެއް ފަހަރު އެގޮތަށް ގެއަށް ނުދެވި ދުވަސްތަކެއް ވާކަމަށް އޭނާ ބުންޏެވެ.
ރޯޝްނީ ބުނީ އޭނާ ބޭނުން ވަނީ އިތުރަށް ކިޔަވަން ކަމަށާއި ބޮޑެތި ޑިގްރީތައް ނަގައިގެން ސިޓީ ތަކުގައި މަސައްކަތް ކުރަން ކަމަށެވެ.
ރޯޝްނީގެ ބައްޕަގެ އޮންނަނީ ކުޑަކުޑަ ހަތަރު އޭކަރުގެ ބިމެކެވެ. ތިން ކުދިން ސްކޫލަށް ފޮނުވަން އުނދަގޫ ނަމަވެސް އެ ކުދިންގެ ތައުލީމު ހުއްޓާލާކަށް އޭނާ ބޭނުމެއް ނުވެއެވެ.