ދުނިޔެ

ކޮވިޑް 19 ޖެހިގެން އިންޑިއާގައި އަށް މަހުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

8 މަހުގެ ތުއްތު ކުއްޖަކު ސިއްހީ ފަރުވާ އެއް ހޯދުމަށްޓަކައި 400 ކިލޯ މީޓަރަށް ދަތުރު ކުރަމުން ދިޔައީ އަރުނަޗަލް ޕްރަދޭށް އިން މެގަލަޔަށެވެ. ދަތުރު ކުރުމުގެ މަގުމަތީގައި ތުއްތު ކުއްޖާ ވަނީ ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވެ މި ބަލީގައި ދުނިޔެ ދޫކޮށްފައެވެ.

Ads by Sosun Fihaara

މި ކުޑަ ކުއްޖާ މިހާ ދިގު ދަތުރެއް ކޮށްފައިވަނީ ސީރިއަސް ބައްޔަކަށް ފަރުވާ ކުރުމުގައެއް ނޫނެވެ. މި ތުއްތު ކުއްޖާގެ މައިންބަފައިން ދިގު މަގެއް ކަނޑަތުކޮށް ދިޔައީ ޝިލޯނގް އަށެވެ. ހޮސްޕިޓަލަށް ދެވުނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ހޮސްޕިޓަލަށް ދެވުމާއެކު ތުއްތު ކުއްޖާ ހަދަން ޖެހޭ ޓެސްޓް ތަށް ހެދުމަށް ވަނީ ސާންޕަލް ނަގާ ފޮނުވިފައެވެ.

ނަމަވެސް މި ތުއްތު ކުއްޖާ ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެ އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ނިޔާވެފައެވެ. ކޮވިޑް 19 ގައި ތުއްތު ކުއްޖާ ނިޔާވެފައި ވީ ނަމަވެސް ތުއްތު ކުއްޖާގެ މައިންބަފައިންނާއި ޑްރައިވަރު ވަނީ ކޮވިޑް 19 އަށް ނެގެޓިވް ވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!