ދުނިޔެ

ހަތަރު ދަރިން އިމާރާތުގެ މަތިން ތިރިއަށް ވައްޓާލީ އަލިފާނުގެ ހާދިސާއިން ފުރާނަ ސަލާމަތް ކުުރުމަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިރިއުޅޭ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން މަންމައަކު އޭނާގެ ހަތަރު ދަރިން ސަލާމަތް ކުރުމަށް ޓަކައި ތިރިއަށް ވައްޓާލައިފިއެވެ.

Ads by Sosun Fihaara

ތުރުކީގައި ހިނގި މި ހާދިސާގެ ވީޑިއޯ މިހާރު މީސްމީޑިއާގައި ދައުރު ވަމުންދާއިރު އެ ވީޑިއޯއިން ފެނިގެން ދަނީ އަލިފާން ރޯވެފައިވާ އިމާރާތެއްގެ ތިންވަނަ ފަންގިފިލާގެ ކުޑަދޮރުން މަންމައަކު އޭނާގެ ދަރިން ތިރިއަށް ވައްޓާލާ މަންޒަރެވެ. އެވަގުތު ވެސް އިމާރާތުގެ މަތިން ކަޅު ދުންތައް އަރަމުންދާ މަންޒަރު ވަރަށް ރީއްޗަށް ފެނެއެވެ.

ވީޑިއޯގައި ފެންނަ ގޮތުން އޭނާ ދަރިފުޅު ހިފަހައްޓައިގެން ހުންނަނީ ތިރީގައި ތިބި މީހުންނަށް އެ ކުދިން ހިފަން ތައްޔާރު ވަންދެންނެވެ. އަދި ވީިޑިއޯގައި އެއް ކުއްޖަކު ވައްޓާލާ މަންޒަރު ފެނިގެންދާއިރު ތިރީގައި ތިބި މީހުން ވަނީ ބްލޭންކެޓެއް ބޭނުން ކޮށްގެން އެކުއްޖާ ހިފާފައެވެ.

މި ހާދިސާގައި އެއިން އެއްވެސް ކުއްޖަކަށް އަނިޔާވެފައި ނުވާއިރު އެކުދިންގެ މަންމަ ވެސް ވަނީ ފަރުވާ ދިނުމަށް ފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

ކަރަންޓު ޕެނަލެއްގައި ރޯވެ ހިނގައިދިޔަ މިހާދިސާގައި އިތުރު ދެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހަކު ވެސް ސަލާމަތް ކޮށްފައިވާ ކަމުގައި ރިޕޯޓްތައް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!