ދުނިޔެ

ކުދި އަނިޔާދީ މަރާތަން ފެނިގެން 6 މީހަކު ފުލުހުންގެ ހައްޔަރަށް

ދެން އެމްވީ ، ދެން އޮންލައިން

ބަޔަކަށް އަނިޔާ ކުރަން ބޭނުންކުރާ އާލާތް ތަކެއް ކޮންޓެއިނަރު ތަކަކުން ފެނިއްޖެއެވެ. މި ތަކެތި އުފުލާ ކޮންޓެއިނަރުތަށް ފެނިފައި މިވަނީ ކުށްވެރިންތަކެއް ބޭނުން ކޮށްފައިވާ މޯބައިލް ފޯނު ގެ ޒަރިއްޔާ އިން ކަމަށް ފްރެންޗް ފުލުހުން ހާމަކޮށްފައިވެއެވެ. ޑަޗް ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި މި ކޮންޓެއިނަރުތަށް ފެނިފައިމިވަނީ ބޭނުން ކުރުމުގެ ކުރިން ކަމަށާއި އަނިޔާ ލިބޭނެ ކަމުގެ ޟިކާރަވެރިން ވަނީ ފިލާފައި ކަމަށް ދެކެއެވެ.

Ads by WAMCO

ކޮންޓެއިނަރު ތެރޭގައި އެކުލެވޭ ތަކެތީގެ ތެރޭގައި ހިމެނެނީ ޑެންޓިސްޓް އިން ގެންގުޅޭ ފަދަ ގޮނޑިއާއި ގޮނޑިގައި އައްސަން ގެންގުޅޭ ސާމާނެވެ.

މީގެ އިތުރުން އިތުރު އެހެން އިމާރާތެއް ވެސް ވަނީ ރޮޓާޑެމްގައި ފެނިފައެވެ. އަދި ރިޕޯޓް ތަކުން ދައްކާ ގޮތުގައި މި އިމާރާތަކީ ވެސް ކުށްވެރިން އެމީހުންގެ ބޭނުންތަކުގައި ބޭނުންކުރާ އިމާރާތެއް ކަމަށް ރިޕޯޓް ތަކުން ފާހަގަ ކުރެއެވެ.

އެންމެ ފުރަތަމަ މި ކަހަލަ ކަމެއްގައި އުޅެވޭ މީހެއް ޟައްކު ކުރެވި ހައްޔަރު ކުރެވިފައި މިވަނީ 22 ޖޫން ގައި ފްރެންޗް-ޑަޗް މީހުން ކުރިޔަށް ގެންދިޔަ ފޯނުގައިވާ މައުލޫމާތުތަކަކުން ކަމަށް ހާމަކުރެއެވެ. ޕޮލިހުންނަށް މި ހިންގި އޮޕަރޭޟަން ގެ ސަބަބުން އެތައް ވާހަކަތަކެއް ވަނީ ދެނެގަނެވިފައެވެ.

ވީޑިއޯ އަކުން ދައްކުވާދޭ ގޮތުގައި ފުލުހުން ވަނީ މި ކޮންޓެއިނަރު ތެރެއަށް ޟައްކު ކުރެވޭ ބަޔަކު ވަނީ ވައްދާފައެވެ. އެއް ކޮންޓެއިނަރުން ފެނިފައި މިވަނީ މީހާ އައްސާފައި ބެހެއްޓުމުގެ ގޮތުން ބޭނުން ކުރެވިފައިވާ ސާމާނެވެ. އަދި އެތެރެ ހަދާފައިވަނީ ބޭރަށް އަޑުނީވޭ ގަތަށް "ސައުންޑް ޕްރޫފް" ކޮށް ކަމަށް ރިޕޯޓް ތަކުން ހާމަ ކޮށްދެއެވެ.

އެހެން ކޮންޓައިނަރެއްގައި ދެން ފެނިފައި މިވަނީ ފުލުހުންގެ ޔުނީފޯމް އާއި ފުލުހުން ގެންގުޅޭ އެހެނިހެން ސާމާނެވެ. މީގެ އިތުރުން ދެން ފެނުނު ކޮންޓައިނަރުގައި މިވަނީ ތަންތަން ފެޅުމުގަ އާއި އަނިޔާކުރުމުގައި ބޭނުންކުރެވޭ ސާމާނެވެ. ނަމަވެސް މި ކަހަލަ ނުރައްކާތެރި ތަކެތި ގެންގުޅޭ ބަޔެއް ކަމަށް ޟައްކު ކުރެވޭ ބައެއް ވަނީ ހައްޔަރު ކުރެވިފައެވެ.

ޖުމުލަ ގޮތެއްގައި 800 އެއްހާ މީހުން މިވަނީ މި އަމަލު ހިންގުމުގައި ޟައްކު ކުރެވުމުގެ ސަބަބުން ހައްޔަރު ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!