ޚަބަރު

ލ. ގަމުން ކުއްލި ގޮތަކަށް ނިޔާވި މީހާ ކޮވިޑް-19 އަށް ނައްސި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Gan Regional Hospital, ގަން ރީޖަނަލް ހޮސްޕިޓަލް، ލާމު ގަން
ގަމު ރީޖަނަލް ހޮސްޕިޓަލް. ދެން ފައިލް ފޮޓޯ

ލ. ގަމުން ރޭ ކުއްލި ގޮތަކަށް ނިޔާވިމީހާ ކޮވިޑް-19 އަށް ނައްސި އެވެ.

Ads by MWSC

މިކަން "ދެން" އަށް ޔަގީން ކޮށްދެއްވަމުން، ގަން ރީޖަނަލް ހޮސްޕިޓަލުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސަމަދު ވިދާޅުވީ، ރޭ ނިޔާވި މީހާގެ ކޮވިޑް ޓެސްޓު ނަތީޖާ ރޭ ގެ ވަގުތެއްގައި ލިބުނު ކަމަށާއި އޭނާގެ ނަތީޖާ ނައްސި ކަމަށެވެ.

ލ. ގަމުގައި ރޭ ކުއްލި ގޮތަކަށް ނިޔާވި ލ. ފޮނަދޫ އަހުމަދު ނިޒާރު (39އ.) އެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަލީ ނަޝީދު "ދެން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ނިޒާރު ހޮސްޕިޓަލަށް ގެނައިއިރުވެސް އޮތީ ނިޔާވެފައި ކަމަށާއި ޑޮކްޓަރުން ބޮޑަށް ޝައްކު ކުރަނީ ނިޔާވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

ހޮސްޕިޓަލަށް ގެންދިޔުމަށްފަހު ނިޔާވިކަމަށް ޑޮކްޓަރުން ނިންމެވީ އީސީޖީ އާއި އެހެނިހެން ޓެސްޓު ކުރުމަށްފަހު ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"ދެން" އަށް އެނގިފައިވާ ގޮތުގައި ބަނޑުގައި ރިއްސާތީ އޭނާ ވަނީ ރޭ ނޫން ކުރީ ރޭ ، ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދާފައެވެ. ހޮސްޕިޓަލުން އޭނާ ދޫކޮށްލީ އިއްޔެ ހަވީރު އެވެ. އޭގެ ފަހުން ބަލިވެ ، މީހާ ހަަރަކާތް ހުއްޓުމުން އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!