ދުނިޔެ

ގެރިއަކަށް ޖިންސީ ގޯނާކުރި ބޯޕާލްގެ ފިރިހެނަކު ހައްޔަރު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ ބޯޕާލްގައި ގެރިއަކަށް ޖިންސީ ގޯނާ ކުރި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

Ads by Sosun Fihaara

އުމުރުން 55 އަހަރުގެ އެމީހާ ހައްޔަރު ކޮށްފައިވަނީ މިމަހުގެ 4 ވަނަ ދުވަހު، އެޢަމަލު ހިންގަނިކޮށް ސީސީޓީވީ ފުޓޭޖަކުން ހާމަވުމުންނެވެ.

އަޝޯކާ ގާޑެން ޕޮލިސް ސްޓޭޝަންގެ އިންޗާޖް އޭ ޝްރިވާސްތުވާ ބުނެފައިވަނީ އެމީހާ ހައްޔަރު ކޮށްފައިވަނީ ސުންދަރް ނަގަރްގައި ހުރި ކިރުގެ ބާވަތްތައް އުފައްދާ ތަނެއްގެ ވެރިއަކު، ދެއްކި އެސީސީޓީވީ ފުޓެޖަށް ބެލުމަށްފަހު ކަމަށާއި ފުޓެޖުން ދައްކަނީ ގެރިއަކާއެކު އެމީހާ ޖިންސީ އެދުން ފުއްދަމުންދަނިކޮށް ކަމަށެވެ.

މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި ގެރީގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!