ދުނިޔެ

ކޮވިޑް ގެ ބިރުވެރިކަން އެމަރިކާގައި އިންތިހާއަށް އޮއްވާ، ޓްރަމްޕް ބޭނުން ވަނީ ސްކޫލްތަށް ހުޅުވަން

ދެން އެމްވީ ، ދެން އޮންލައިން

ޔުނައިޓެޑް ސްޓޭޓްސް ގެ ރައީސް ޑޮނާލްޑް ޓްރަންޕް ކޮރޯނާ ވައިރަސް ގެ ނުރައްކާ ކުޑަ ކަމަށް ބުނެ އަލުން ސްކޫލްތަށް ހުޅުވާލަން ގޮވާލައިފިއެވެ.

Ads by WAMCO

ޓްރަމްޕް ވިދާޅުވާ ގޮތުގައި ކޮވިޑް19 އާއި ގުޅިގެން ދިމާވާ މަރުތަކާއި ވައިރަސް ފެތުރުން ވަނީ މަދުވެފައިކަމަށެވެ. ޔުނައިޓެޑް ސްޓޭޓްސް ގައި މާޗް މަހުގައި ކޮރޯނާ ވައިރަސް ފެތުރުނުލެއް ބޮޑު ކަމުން ވަނީ ޕްރައިވެޓް ސްކޫލް ތަކާއި އާދައިގެ މަތިން ހުޅުވާފައިވާ ތަން ތަން ވެސް ބަންދު ކުރަން ޖެހިފައެވެ. ސްކޫލްތައް ބަންދު ކުރުމާއެކު 55 މިލިއަނެއް ހާ ދަރިވަރުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ސްކޫލްތަށް ހުޅުވާނެ ގޮތަކާމެދު ގޮތެއް ނިންމެވުމަށް މަޝްވަރާ ކުރައްވަމުންނެވެ.

ޔުނައިޓެޑް ސްޓޭޓްސް ގެ ގަވަރުނަރު ދެވޮސް ވިދާޅުވެފައިވީ ސްކޫލް ތައް ހުޅުވިނަމަވެސް ސްކޫލްތައް ހުޅުވޭނެ ގޮތާއި މެދު ވިސްނައިލަންވާނެ ކަމަށެވެ. އަދި ސްކޫލް ތައް ހުޅުވާލުމުން ދަރިވަރުންނަށް ދޭން ޖެހޭ ހުރިހާ ތައުލީމެއް ދެވެން ޖެހޭނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ސްކޫލްތައް ހުޅުވާލުމަށް ނިންމި ނަމަވެސް ސްކޫލްތަށް ޑިސްއިންފެކްޓް ކުރުމަށް ވެސް އެބޭފުޅާ ވަނީ ގޮވާލައްވާފައެވެ.

ދެވޮސް ބުނެފައިވާ ގޮތުގައި ދަރިވަރުން ސްކޫލްއަށް ނުދެވުމުގެ ސަބަބުން ދަރިވަރުންގެ ކިޔަވުމުށް ވަނީ ބުރު އަރާފައެވެ.

ޓްރަމްޕް އެމެރިކާގެ ސުކޫލުތައް ހުޅުވުމަށް ގޮވާލި ނަމަވެސް އަދިވެސް އެމެރިކާގައި ކޮވިޑް19 ގެ ބިރު އިންތިހާއަށް ބޮޑުކަން ފާހަގަ ކުރެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!