ދުނިޔެ

އިނގިރޭސި ވިލާތުގެ ތިންބައިކުޅަ އެއްބައި މީހުން ކޮރޯނާވައިރަސް ގެ ވެކްސިން ޖެހުމާ ދެކޮޅު : ދިރާސާ

ދެން އެމްވީ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ތިންބައި ކުޅައެއްބައި މީހުން ކޮރޯނާ ވައިރަސްގެ ވެކްސިން ޖެހުމަށް ދެކޮޅު ހަދާނެ ކަމަށް ނުވަތަ ވެކްސިން ޖަހާނެކަމާމެދު ޔަގީން ނުވެފައި ތިބި ކަމަށް ދިރާސާ އަކުން ދައްކައިފިއެވެ. މި ދިރާސާއަކީ ރިސާރޗް ގްރޫޕް ފޯރ ކައުންޓަރިންގް ޑިޖިޓަލް ހޭޓް ކިޔާ ރިސާރޗް ސެންޓަރަކުން ކޮށްފައިވާ ދިރާސާއެކެވެ.

Ads by WAMCO

މި ދިރާސާގެ ބައިވެރިންނާ ވަނީ ކޮވިޑް 19ގެ ވެކްސިނެއް އުފެއްދިއްޖެ ނަމަ އެ ވެކްސިން ޖަހަން ބޭނުންވާނެ ތޯ ނުވަތަ ނުވާނެތޯ ސުވާލު ކުރެވިފައެވެ.

އެގޮތުން 6 އިންސައްތަ މީހުން ބުނެފައިވަނީ ހަމަ ޔަގީނުންވެސް އެމީހުން އެ ވެކްސިން ޖެހުމާ ދެކޮޅު ކަމަށެވެ.އަދި 10 އިންސަންތަ މީހުން ބުނެފައިވަނީ އެމީހުން ވެކްސިން ޖެހުމަށް ވުރެ ނުޖެހުން ގާތް ކަމަށެވެ.

އަދި ހަމަ އެހެންމެ 15 އިންސައްތަ މީހުން ބުނެފައިވަނީ އެމީހުންނަށް ވެކްސިން އާ މެދު އެއްވެސް ޔަގީންކަމެއް ނެތް ކަމުގައެވެ. މި ނަތީޖާ އާ އެކު މި ދިރާސާގައި ވެކްސިން ޖެހުމާ ދެކޮޅު އިންސައްތަ ވަނީ ތިންބައިކުޅަ އެއްބަޔަށް ވުރެ އިތުރު ވެފައެވެ.

އެހެން ނަމަވެސް މި ދިރާސާގައި ބައިވެރިވި ގިނަ އިންސައްތަ މީހުންވަނީ ވެކްސިން ޖަހަން އެއްވެސް މައްސަލައެއް ނެތްކަމަށް ބުނެފައެވެ.

ނިމިދިޔަ ޖޫން މަހުގެ ފަހުކޮޅު އިނގިރޭސި ވިލާތުގައި ވަނީ އިންސާނުން ބޭނުންކޮށްގެން ކޮރޯނާ ވައިރަސް ގެ ވެކްސިން ޓެސްޓު ކުރަން ފަށާފައެވެ. އެގޮތުން 300 ވޮލެންޓިއަރުންގެ ގަޔަށް ވަނީ ވެކްސިން ޖަހާފައެވެ.

އަދި މި ވެކްސިން ކާމިޔާބު ވެއްޖެ ނަމަ އިތުރު 6000 މީހުންވަނީ އޮކްޓޯބަރު މަހުގައި މި ވެކްސިން ޖެހުމަށް އެއްބަސް ވެފައި ކަމަށް ބޭރުގެ ރިޕޯޓް ތައް ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!