ދުނިޔެ

އެފްރިކާގައި އެބޯލާ ޖެހިގެން މަރުވި މީހުންގެ އަދަދަށް ވުރެ ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު އިތުރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އެފްރިކާގައި ކޮވިޑް 19 ޖެހިގެން މަރުވި މީހުންގެ އަދަދު އެބޯލާ ޖެހިގެން މަރުވި މީހުންގެ އަދަދަށް ވުރެ އިތުރުވެއްޖެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ހާމަ ކޮށްފިއެވެ. އެގޮތުން 2014 ވަނަ އަހަރުން 2016 ވަނަ އަހަރާ ހަމައަށް އެބޯލާ ވައިރަސް އެންމެ ގިނައިން ފެތުރުނު ދުވަސްވަރުގައި ވެސް މީހުން މަރުނުވާ އަދަދަކަށް ކޮރޯނާ ވައިރަސްގައި މީހުން މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ހާމަ ކުރައްވައެވެ.

Ads by Sosun Fihaara

އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި އެފްރިކާގައި މިހާރު ވަނީ ކޮރޯނާ ވައިރަސް ގެ ބަލި ހުރި ފަސް ލައްކަ އަށް ވުރެ ގިނަ މީހުން ފެނިފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެފްރިކާއަށް ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރު ވިދާޅުވި ގޮތުގައި އެފްރިކާގެ ތިންބައިކުޅަ އެއްބައި ގައުމުތަކުގައި ކޮރޯނާ ވައިރަސް އަދިވެސް ދަނީ ފެތުރެމުން ކަމުގައެވެ. އެގޮތުން ނިމިދިޔަ މަހުގައިވެސް ކޮރޯނާ ވައިރަސް ގެ ގިނަ ކޭސް ތަކެއް ފެނިފައިވާ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!