ކުޅިވަރު

އުމުރުން 31 އަހަރުގައި ޖޯޑީ އަލްބާ ކާރު ދުއްވުމުގެ ލައިސަންސް ނަގައިފި

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ ފުޓްބޯޅައިގެ ތަރިންނަށް ބަލާއިރު، ގިނަ ތަރިންނަކީ އަމިއްލަ ޑްރައިވަރުން ގެންގުޅޭ މީހުންނެވެ. ނަމަވެސް ގިނަ މީހުން ބޭނުންވަނީ ތަމްރީންތަކާއި، އެހެނިހެން ތަންތަނަށް އަމިއްލައަށް ކާރު ދުއްވާފައި ދިޔުމަށެވެ. އެހެންކަމުން ލައިސަންސް ނަގަން ކަނޑައަޅާފައި އޮންނަ އުމުރަށް އެޅުމާއިއެކު އެންމެންވެސް ލައިސަންސް ނަގާތަން ފެނެއެވެ.

Ads by Hajj Corporation

އެހެންނަމަވެސް ބާސެލޯނާގެ ޑިފެންޑަރ ޖޯޑީ އަލްބާ ކާރު ދުއްވުމުގެ ލައިސަންސް ނެގީ އުމުރުން 31 އަހަރުގައެވެ. ދާދިފަހުން ލައިސަންސް ނަގަން ގޮސް އުޅުނު ފޮޓޯތަކެއް އޭނާވަނީ ސޯސަލް މީޑިޔާގައި އާންމުކޮށްފައެވެ.

މި ފޮޓޯތަކަށް ކޮމެންޓްކުރި ތަރިންގެ ތެރޭގައި ބާސެލޯނާގެ ވައިސް ކެޕްޓަން ޖެރާޑް ޕީކޭ ހިމެނެއެވެ. އޭނާ ބުނީ މިހާރު އަލްބާއަށް އެކަނި ތަމްރީންތަކަށް ދަނޑަށް އާދެވެނޭކަމަށާއި، ބައްޕައާއި ބޭބެ ގާތު ދަނޑަށް ގެންގޮސްދޭން ބުނަން ނުޖެހޭނެކަމަށެވެ.

ލައިސަންސް ނެގުމާއި ހަމައަށް ޖޯޑީ އަލްބާގެ ހުރިހާ ދަތުރެއްގައި އޭނާ ތަންތަނަށް ގެންގޮސްދެނީ އޭނާގެ ބައްޕައާއި ބޭބެއެވެ. މިކަމާ ބާސެލޯނާގެ ވަރަށް ގިނަ ކުޅުންތެރިން އަލްބާއާއި ދިމާކުރާކަމަށްވެސްވެއެވެ.

ޖޯޑީ އަލްބާގެ އަތުގައި ކާރު ދުއްވުމުގެ ލައިސަންސް ނޯންނާތީ އެކަމާއި ޖޯކްޖެހި ކުޅުންތެރިންގެ ތެރޭގައި ރެއާލް މެޑްރިޑްގެ ޑިފެންޑަރ ރަފައެލް ވަރާންވެސް ހިމެނެއެވެ. މީގެ ކުރިން ބާސެލޯނާއާއި ރެއާލް މެޑްރިޑް ވާދަކުރި އެލްކްލަސިކޯ މެޗެއްގައި ވަރާންވަނީ އަލްބާއަށް މަލާމާތްކުރުމުގެ ގޮތުން "ލައިސަންސް ނެތް މީހަކަށް ކުރެވޭނީ ކޮންކަމެއްތޯ" އޭ ބުނެ މަލާމާތްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!