ދުނިޔެ

ބޮލުގެ ނާށިގަނޑުން ގުޅިފައިތިބި އެއްމާބަނޑު ދެކުދިން، ކާބިޔާބު ކަމާއެކު ވަކިކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ސީއެންއެން: ބޮލުގެ ނާށިގަނޑުން ގުޅިފައިތިބި އެއްމާބަނޑު ދެ ކުއްޖަކު، 18 ގަޑިއިރުގެ ކާމިޔާބު އޮޕަރޭޝަނަކަށްފަހު ވަކި ކޮށްފިއެވެ.

Ads by WAMCO

އެރްވީނާ އާއި ޕްރެފީނާ (2 އ.) އަކީ އުފެދުނު އިރުވެސް ބޮލުގެ ނާށިގަނޑުންް ގުޅިފައިތިބި ދެކުދިންނެވެ. ނަވަމެސް ވެޓިކަން ސިޓީގެ ބަމްބީނޯ ގެޝޫ ޕީޑިއަޓްރިކް ހޮސްޕިޓަލުން، 18 ގަޑިއިރުގެ ދިގު އޮޕަރޭޝަނަކަށްފަހު ވަނީ އެދެކުދިން ވަކި ކޮށްފައެވެ. މިއޮޕަރޭޝަން ކުރުމުގައި 30 ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވި ކަމަށް އެހޮސްޕިޓަލުން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

ސެންޓްރަލްް އެފްރިކަން ރިޕަބްލިކަށް ނިސްބަތްވާ އެދެކުދިން ވަކިކުރުމުގެ އޮޕަރޭޝަން ފަށާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގައެވެ. ޑޮކްޓަރުން ބުނެފައިވަނީ ދެކުދިންގެ ހާލުވެސް ރަނގަޅުވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީންވާ ކަމަށެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ގުޅިފައިތިބި އެދެކުދިން ބޮލުގެ ނާށިގަނޑުން ގުޅުމުގެ އިތުރުން، ލޭގެ ގިނަ ނާރުތަކަކުން ވެސް ވަނީ ގުޅިފައެވެ.

މިދެކުދިންގެ އޮޕަރޭޝަން ކާމިޔާބުވެފައިވީ ނަމަވެސް، މިއީ މަދުން ނޫނީ ނުވާ ކަމެއް ކަމަށް މިއޮޕަރޭޝަން ކުރި ޑޮކްޓަރުން ބުނެފައިވެއެވެ. އަދި އޮޕަރޭޝަން ކޮށްފައިވަނީ އަހަރެއްހާ ދުވަސް ވަންދެން މިއޮޕަރޭޝަން ކުރާނެގޮތް ދިރާސާކޮށް، ތައްޔާރީތައް ވެގެން ކަމަށް ވެސް ބުނެފައިވެއެވެ.

ބަމްބީނޯ ގެޝޫ ޕީޑިއަޓްރިކް ހޮސްޕިޓަލުގެ ރައީސް މަރިއެއްލާ އެނޮކް ވަނީ އެދެކުދިންނާއި ސެންޓްރަލް އެފްރިކާގައި މީގެކުރިން ބައްދަލުކޮށްފައެވެ. އަދި އެދެކުދިންގެ އޮޕަރޭޝަން އެހޮސްޕިޓަލުން ކޮށްދޭނެ ކަމަށް ވެސް އެދަތުރުގައި މަރިއެއްލާ ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!