ޚަބަރު

އެއް ޖިންސުން ގުޅުން ހިންގަންތިބި 60 އަހަރުގެ މީހަކާއި 42 އަހަރުގެ މީހެއް ގަމު ގެސްޓްހައުސް އަކުން އަތުލައިގެންފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ލ.ގަމު މަތިން ނަގާފައިވާ ފޮޓޯއެއް. ދެން ފައިލް ފޮޓޯ: މުޙައްމަދު އަރީޙް

އެއް ޖިންސުން ގުޅުން ހިންގަންތިބި ދެ ފިރިހެނަކު ލ. ގަމު ގެސްޓްހައުސް އަކުން އަތުލައިގެންފިއެވެ.

Ads by STELCO

"ދެން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދެ މީހަކު ލ. ގަމުން އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 42 އަަހަރުގެ ދިވެހި ފިރިހެނަކާ 60 އަހަރުގެ ފިރިހެނެކެވެ.

އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ގެސްޓްހައުސް އެއްގައި ތިއްބާ އިއްޔެ 14:43 ހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

"ދެން" އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކީ އެއް ޖިންސުން ގުޅުން ހިންގާ ކަމަށް މީގެ ކުރިންވެސް ތުހުމަތު ކުރެވިފައިވާ މީހެކެވެ. އަދި އޭގެ ތެރެއިން އެކަކީ މީހަކާ ކުރިން އިނދެ ވަރި ކޮށްފައި ހުރި މީހެއް ކަމަށާއި އަނެކަކު މިހާރު ވެސް އުޅެނީ މީހަކާ އިނދެގެން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!