Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އަދީބު ގޭބަންދަށް ބަދަލުކުރީ އެއްވެސް މުއްދަތެއް ނެތް ގޮތަށް: ކަރެކްޝަންސް

އަދީބު ގޭބަންދަށް ބަދަލުކުރީ އެއްވެސް މުއްދަތެއް ނެތް ގޮތަށް: ކަރެކްޝަންސް

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލު ކޮށްފައި ވަނީ އެއްވެސް މުއްދަތެއް ނެތް ގޮތަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވެއްޖެއެވެ.

އެގޮތުން އަދީބު ގޭބަންދަށް ބަދަލު ކުރަން ޖެހުނީ ބައިޕެޕް ކިޔާ މެޝިނެއް ބޭނުން ކުރަން ޖެހޭތީއާއި، އެ މެޝިން ބޭނުން ކުރެވޭނީ ހަމައެކަނި ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށާއި، އެ މެޝިނަކީ އޭނާ އަށް ނޭވާލާން އުނދަގޫވެ ނިދަން އުނދަނގޫ ވާތީ ބޭނުން ކުރާ މެޝިނެއް ކަމަށް ވެސް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އަދީބު ވަނީ މާލޭގައި ދިރިއުޅުއްވުމަށް ފަހު ހުޅުމާލޭގެ އަމީން އެވެނިއުގެ ފްލެޓަކަށް ބަދަލުވެވަޑައިގެންފައެވެ. އަދި އަދީބު ދިރިއުޅުއްވާ ތަނުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓަމުން ގެންދަނީ ކަރެކްޝަނުންނެވެ.

Advertisement
Ooredoo — Truecaller (box)

އެމްއެމްޕީއާރުސީގެ މި ޚިޔާނާތުގެ މައްސަލައަކީ ފަހުގެ ތާރީޚެއްގައި ހިނގާ ދިޔަ އެންމެ ބޮޑު އެއް ހިޔާނާތް ކަން ފާހަގަ ކޮށްލެވެއެވެ. އަދި މި މައްސަލައިގައި އަދީބު ގޭ ބަންދުގައި ހުންނެވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެގެން ގޮސްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް