ޚަބަރު

ހޯޑެއްދޫ އިން މީހަކު ގެއްލިގެން ހޯދަނީ

ދެން އެމްވީ ، ދެން އޮންލައިން

ގދ.ހޯޑެއްދޫ އިން ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

Ads by Hajj Corporation

ގެއްލިގެން ހޯދަނީ، އެ ރަށު ސަތަވަރީގެ އަލީ ޝަޒުވާން މުހައްމަދެވެ.

ފުލުހުން ބުނީ ގދ. ހޯޑެއްދޫއިން ޒުވާނަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ، މިރޭ 9:37 އެހާކަންހާއިރު ކަމަށެވެ.

އެ ޒުވާނާ ހޯދުމުގެ މަސައްކަތް ރަށު މީހުން ކުރަމުން އަންނަ އިރު، ފުލުހުން ވެސް އެ ރަށަށް ދަތުރު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!