ދުނިޔެ

ކޮރޯނާ ވައިރަސް ވައިގެ ތެރެއިން ވެސް ފެތުރިދާނެ، ނުފެތުރޭ ކަމުގެ ޔަގީން ކަމެއް ނެތް: ޑަަބްލިޔުއެޗްއޯ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ޖައްސާ ވައިރަސް ކަމަށްވާ ކޮރޯނާ ވައިރަސް ވައިގެ ތެރޭގައި ނުފެތުރޭނެ ކަމުގެ ޔަގީންކަން ނެތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

Ads by Sosun Fihaara

އެ ވައިރަސް ވައިގެ ތެރެއިން ފެތުރޭކަމުގެ އިލްމީ ހެކިތަކެއް ލިބިފައިވާކަމުގައި ވެސް ޖެނީވާ ގައި އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮވިޑް-19 އާބެހޭ ޑަބްލިއުއެޗްއޯގެ ޓެކްނިކަލް ޓީމުގެ ވެރިޔާ ޑރ. މާރިޔާ ކޭޚޯވް ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯ އިން މިހެން ބުނެފައިމިވަނީ ކޮރޯނާ ވައިރަހަކީ ވައިގެ ޒަރީއާއިން ފެތުރޭ ނުވަތަ އެއާބޯން ވައިރަހެއް ކަމުގައި ގިނަ އަދަދެއްގެ ސައިންސްވެރިން ބުނެ، އަލުން މިކަން ބަލައިދިނުމަށް ޑަބްލިޔުއެޗްއޯ ގައި އެދިފައިވަނިކޮށެވެ. އެ ޓީމުގައި ދުނިޔޭގެ 32 ގައުމަކުން 239 ސައިންސްވެރިން ހިމެނޭއިރު، އެކަމަށް ބާރުދޭ ހެކިތައް ވެސް ހުރި ކަމަށް ބުނެފައިވެއެވެ.

ޑަބްލިޔުއެޗްއޯ އިން ވަނީ ކޮވިޑް-19 ޖައްސާ ވައިރަސް ވައިގެ ތެރޭގައި ފެތުރޭކަމުގެ އިލްމީ ހެކި ދުވަހެއް ދުވަހަކަށް ލިބެމުންދާކަން ފާހަގަކޮށް އެ ވައިރަސް ފެތުރޭނަމަ އެއީ އާދަޔާ ޚިލާފު ކަންބޮޑުވުމެއް ކަމަށް ބުނެފައެވެ.

އަދި މިހެކިތައް ސައެންސްވެރިން ހޯދާފައިވާ އިރު ކޮރޯނާ ވައިރަސް ވައިގެ ތެރެއިން ނުފެތުރޭނެކަމަށް މުޅިން ބަލައިގެން ނުވާނެ ކަމަށް ވެސް ޑރ. މާރިޔާ ކޭޚޯވް ވިދާޅުވިއެވެ.

މީގެ އިތުރުން ޑަބްލިއުއެޗްއޯ އިންވަނީ މިއައު ހޯދުމަށް ސައެންސްވެރިން ކުރި ބުރަ މަސައްކަތަށްޓަކައި އެމީހުންނަށް ޝުކުރު ވެސް އަދާކޮށްފައެވެ. އަދި މިއާއެކު ކޮވިޑް19 އާބެހޭ އިރުޝާދުތަކަށް ބަދަލު ގެންނަންޖެހޭނަމަ ތަޖްރިބާކާރުން ގެ ލަފައާއެކު އެކަމާބެހޭ މައުލޫމާތު ގައުމުތަކާ ހިއްސާކުރާނެކަން ވެސް ޑަބްލިޔުއެޗްއޯ އިން ފާހަގަކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!