ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އެ ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
އެމްއެމްސީ އިން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އިނާމުތަކަށް ކުރިމަތި ލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމުން ކަމަށެވެ.
އިނާމު ދިނުމަށް އެމްއެމްސީ އިން ކަނޑައަޅާފައިވާ ދާއިރާތަކަކީ:
- ތަހުގީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)
- ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ
- ސިޔާސީ
- ޝަރުއީ އަދި ގާނޫނީ
- ވިޔަފާރިއާއި އިގްތިސޯދު
- ކުޅިވަރު
- ފޮޓޯ ޖާނަލިޒަމް
- ވީޑިއޯ ޖާނަލިޒަމް
- އޯޑިއޯ ޖާނަލިޒަމް
- ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް
- ފީޗަރ / ރިޕޯޓް
- އެންމެ އުންމީދީ ނޫސްވެރިޔާ
އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މި މަހުގެ 16ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެ ކައުންސިލަށް ފޯމު ހުށަހެޅުން އެދޭ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެއެވެ.
Ads by Allied Insurance