Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބިދޭސީމީހާ މަރާލިކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދަށް އަނެއްކާވެސް 15 ދުވަސް

ބިދޭސީމީހާ މަރާލިކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދަށް އަނެއްކާވެސް 15 ދުވަސް

ތ. ގުރައިދޫގައި ބަންގްލަދޭޝް ރައްޔިތަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ބަންދަށް އަނެއްކާވެސް 15 ދުވަސް ޖަހައިފިއެވެ.

މިމައްސަލައިގެ ތުހުމަތުގައި އުމުރުން 22 އަހަރުގެ ބަމްގްލަދޭޝް މީހަކު ހައްޔަރުކޮށްފައިވާއިރު، އެމީހާގެ ބަންދަށް އިތުރު 15 ދުވަސް ޖެހީ މިދިޔަ ހޯމަ ދުވަހު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިއަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ބެލުމުގެ ދަށުގައި އެމީހާ ހުރިއިރު، މިއީ އޭނަގެ ބަންދުގެ މުއްދަތު އިތުރުކުރި ތިން ވަނަ ފަހަރެވެ.

Advertisement
Allied Insurance — Square (box)

މިހާތަނަށް ކުރި ތަހުގީގުން ހާމަވެފައިވާ ގޮތުގައި ގުރައިދޫގައި ބަންގްލަދޭޝް މީހަކު މަރުވީ އޭނާއާއި އެހެން ބިދޭސީ މީހަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަންޖެހޭ ފޮރެންސިކް ހެކި ހޯދައި ތަހުޤީޤު ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރިޔަށްދާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް