ދުނިޔެ

އައިވަރީ ކޯސްޓުގެ ބޮޑު ވަޒީރު އަވަހާރަވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އައިވަރީ ކޯސްޓުގެ ބޮޑުވަޒީރު އަމަޑޫ ގޮން ކޫލިބަލީ އަވަހާރަވެއްޖެއެވެ.

Ads by Sosun Fihaara

އެމަނިކުފާނު އަވަހާރަވީއިރު، މިއަހަރުގެ އޮކްޓޯބަރު މަހު އެޤައުމުގަައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އަމަޑޫ އަވަހާރަ ވުމުގެ ކުރިން އުޅުއްވީ އާލާސްކަންފުޅާއެވެ. އެގޮތުން ބޭސްފަރުވާއަށް ފްރާންސަށް ވަޑައިގެންނެވި ކަމަށާއި އަވަހާރަވީ އެނބުރި ޤައުމަށް ވަޑަައިގެންނެވިތާ ދެ ދުވަސް ފަހުން އިއްޔެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އަމަޑޫ ގޮން ކޫލިބަލީ އަވަހާރަވީއިރު އުމުރުފުޅަކީ 61 އަހަރެވެ. އަދި 2012 ވަނަ އަހަރު އެމަނިކުފާނުގެ ހިތުގެ އޮޕަރޭޝަނެއްވެސް ވަނީ ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!