Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާލޭގައި އުޅުއްވާ ޝިޔަޢީ ބޮޑުމީހާއާއެކު ފޮޓޯ ނަގައިގެން ނިކުންނަ ކެނޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ:އިނާޒް

މާލޭގައި އުޅުއްވާ ޝިޔަޢީ ބޮޑުމީހާއާއެކު ފޮޓޯ ނަގައިގެން ނިކުންނަ ކެނޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ:އިނާޒް

މާލޭގައި އުޅުއްވާ ޝިޔަޢީ ބޮޑުމީހާއާއެކު ފޮޓޯ ޖަހައިގެން ސިޓީ އަދި ރަށު ކައުންސިލަށް ނިކުންނަ މީހުންނަށް މިފަހަރު ނޫނެކޭ ބުނަން ޖެހޭ ކަމަށް މޯލްޑިވިއަން ޑިމެކްރެޓިކް ޕާޓީގެ ފުރަތަމަ ވެރިކަމުގެ ދެވަނަ ފިނޭންސް މިނިސްޓަރ އަހުމަދު އިނާޒް ވިދާޅުވެއްޖެއެވެ.

އިނާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ (ކައުންސިލްތަކަށް އަންނަ މީހުން) ޖަވާބުދާރީ ވާންވީ ރައްޔިތުންނަށާއި ޕާޓީގެ ރައްޔިތުންގެ ވިންދަށް ކަމަށާއި ޕާޓީގެ ސާހިބު މީހާއަށް ނޫން ކަމަށެވެ.

https://twitter.com/ahmedinaz1/status/1366807658682982400?s=21

Advertisement
Allied — Dhen Online (box)

އެއްވެސް ބޭފުޅެއްގެ ނަން ވިދާޅު ނުވެ އިނާޒު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ދިވެހީންނަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް "މާބޮޑު ސިޔާސީ ބޭފުޅަކު" ވިދާޅުވުން ރުހި ގަބޫލުވެ ތިބުން މާޒީވެ ހިގައްޖެ ކަމަށާއި މިއަދު ޖެހޭނީ އެންމެން މަޝްވަރާކޮށް އެކަމެއްގައި ގައުމަށް އޮތް އެންމެ ފައިދާހުރި ގޮތް ހޯދަން ކަމަށެވެ.

https://twitter.com/ahmedinaz1/status/1366811649152217089?s=21

މީގެ ކުރީން އިނާޒު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ވަޒީރު ކަމުގައި ހުންނެވިއިރު އެމަނިކުފާނުގެ ތުނބުޅި ބޭލުމަށް ދެފަހަރެއްގެ މަތީން މަޖިލީހުގެ ސީނިއަރ މެމްބަރަކު ވިދާޅުވި ކަމަށް އިނާޒު ވިދާޅުވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް