Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައީސް ނަޝީދަށް އެމަނިކުފާނުގެ ފިނޭންސް މިނިސްޓަރ: ކޮންމެވެސް ވަރެއްގެ އިޚްލާޞްތެރިކަމެއް ދައްކަވާ ދެއްވާ!

ރައީސް ނަޝީދަށް އެމަނިކުފާނުގެ ފިނޭންސް މިނިސްޓަރ: ކޮންމެވެސް ވަރެއްގެ އިޚްލާޞްތެރިކަމެއް ދައްކަވާ ދެއްވާ!

ރައީސް މުޙައްމަދު ނަޝީދުގެ ދެވަނަ ފިނޭންސް މިނިސްޓަރ އަޙުމަދު އިނާޒް ، ރައީސް ނަޝީދަށް ފާޑު ވިދާޅުވެއްޖެއެވެ.

އިނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ އިޙްތިރާމް ބޭނުންވާ ނަމަ ، ރައްޔިތުންގެ އަޑުއަހާ އަދި ރައްޔިތުންނަށް އިޙްތިރާމް ކުރާ ކަން ދައްކައިދޭން ޖެހޭ ކަމަށެވެ. އަދި ޚާރިޖީ ގުޅުންތަކާ ގުޅޭ ކަންކަމުގައި އަމިއްލަ އެޖެންޑާ ދިފާޢު ކުރުމުގެ ބަދަލުގައި ރައްޔިތުންގެ އަޑު އެކަންކަމުގައި އަހައި، ބަލައިގަންނަން ކަމަށް އިނާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އިނާޒް ، ރައީސް ނަޝީދުގެ ކިބައިން އެދުނީ ކޮންމެ ވެސް ވަރެއްގެ އިޚްލާޞްތެރިކަމެއް ރައްޔިތުންނަށް ދައްކަވައި ދެއްވުމަށެވެ.

Advertisement
HDC — Sidebar (box)

https://twitter.com/ahmedinaz1/status/1363821193153814543?s=21

އިނާޒް މިފަދައިން ޓްވީޓް ކުރައްވާފައި މިވަނީ އުތުރުތިލަފަޅުގައި އިންޑިޔާ ސިފައިންނަށް ތިބެވޭ ގޮތަށް ކޯސްޓުގާޑުގެ ޑޮކްޔާޑެއް ބިނާކުރުމާ ގުޅޭ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް