މާލޭ މޭޔަރ ކެނޑިޑޭޓުންގެ ބަހުސް ، މުޢިއްޒު ދައުވަތު ގަބޫލު ކުރައްވައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކެނޑިޑޭޓުންގެ މެދުގައި ބާއްވާ ބަޙުޘްގެ ދަޢުވަތު ޕީޕީއެމްގެ ކެނޑިޑޭޓް ، ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ގަބޫލުފުޅު ކުރައްވައިފިއެވެ.
މުޢިއްޒު އެކަން ހާމަ ކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
މި ބަޙުޘަކީ މާލޭގެ ތަރައްޤީއާއި އަދި މުސްތަގުބަލާއި ޚިދުމަތް ދިނުމުގައި ހުރި ގޮން ޖެހުންތަކާއި އެކަންކަމުގެ ޙައްލާ ގުޅޭ ގޮތުން މޭޔަރ ކެނޑިޑޭޓުންގެ ތަސައްވަރު ހާމަ ކުރެއްވުމަށް ގެނެސްދޭ ބަޙުޘެކެވެ. މި ބަޙުޘް ގެނެސްދެއްވަނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ކުރީގެ މެމްބަރު ޝުޖާޢު ޙުސައިންއެވެ.
މުޢިއްޒުގެ އިތުރުން މާލޭ މޭޔަރު ކަމަށް މި ފަހަރު ވާދަ ކުރައްވަނީ އަނަސް ޢަބުދުއްސައްތާރާއި އަލްހާން ފަހުމީއެވެ.