މީޑިއާތައް ޖޫރިމަނާކުރެވޭ ގޮތް ހަދަން އެންގީ ސަފާރީ ރޭޕް ކޭސްއާ ގުޅިގެނެއް ނޫން: ރޮޒައިނާ
މީޑިއާތައް ޖޫރިމަނާ ކުރެވޭ ގޮތަށް ގަވައިދު ހަދަން އެންގީ ސަފާރީ ރޭޕް ކޭސްގެ މައްސަލައާ ގުޅިގެން ނޫން ކަމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީންގެ މުގައްރަރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
މި މަހުގެ ފުރަތަމަ ދުވަހު މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ސޮއިކޮށް ސޮއިކުރައްވާ މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ދާދިފަހުން ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި އަނިޔާ ލިބުނު ފަރާތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ބުނެ ތަފާތު އެކި ގޮތް ގޮތަށް ބައެއް މީޑިއާތަކުން ހަބަރު ފަތުރަމުން ގެންގޮސްފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން އާއްމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދެމުންދާ ކަމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ފާހަގަކުރާ ކަމަށް މަޖިލީހުގެ އަމީން އާއްމު ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވެއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ހަބަރުތައް އެއްވެސް މީޑިއާއަކުން ފަތުރާފައިވާ ނަމަ، އެކަން ބަލައި ދެއްވުމަށް އެ ކޮމިޓީން އެދިވަޑައިގަންނަވާ ކަމަށް ،މަޖިލީހުގެ އިދާރާ އިން ފޮނުވި ސިޓީގައި ބުންޏެވެ.
އެކަމާއި ގުޅިގެން، ރޭ ރޮޒައިނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މީޑިއާތަކަށް ފިޔަވަޅު އަޅާއި ގޮތަށް ގަވާއިދު ހަދަން އެންގީ އެ ސަފާރީ ރޭޕް ކޭސްއާ ގުޅިގެން ނޫން ކަމަށެވެ.
"މީޑިއާތަކުން ކިތަންމެ ދޮގު ހެދިޔަސް މީޑިއާ ކައުންސިލަށް އެޅޭނެ ފިޔަވަޅެއް ނެތް ކަަމަށް އެތަނުން ބުނީމާ އެކަމާއި ގުޅިގެން މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ގަވާއިދު ހެދޭނެ ކަމަށް ޖޫރިމަނާ ކުރެވޭ ގޮތަށް" ރޮޒައިނާ ވިދާޅުވެ އެވެ.
This is not true. Media thakun kithanme varakah dhogu habaru fethuriyas media council ah elheyne fiyavalheh neiy kamah meege ethah maheh kurin committee ga media council in buneema MP Usham committee ga vidhaalhuvee qavaidhu hedheyne kamah joorimana kurevey gothah. (1) https://t.co/9AQ4H1OJIM
—