ދުނިޔެ

ޖަޕާނުގެ ރޯލާކޯސްޓާ ތަކަށް އަރާ މީހުން ހަޅޭލެވުން މަނާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާ ގުޅިގެން އާންމު ދިރިއުޅުމުގެ ގިނަ ކަންކަން މިވަނީ 'ނިއު ނޯމަލް' އަކަށް ގޮސްފައެވެ. ނިއު ނޯމަލް ގައި އަހަރެމެންނާ ކުރިމަތިލާން ޖެހިފައިވަނީ ކުރިން ކުރިމަތިނުލާ ފަދަ ތަފާތު ކަންކަމާއެވެ.

Ads by WAMCO

ޖަޕާނުގެ ޓޯކިޔޯ ކައިރި ހިސާބެއްގައި އޮންނަ ފުޖީ-ކިއު ހައިލޭންޑް ތީމް ޕާކު ގިނަ ދުވަސްތަކަކަށް ފަހު ހުޅުވާލާފައިވާއިރު ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ނިއު ނޯމަލް ގެ ދަށުން އެ ޕާކުގެ ރޯލާ ކޯސްޓާ ތަކަށް އަރާ މީހުން ހަޅޭ ލެވުން ވަނީ މަނާކޮށްފައެވެ.

މި ފިޔަވަޅު އެ ތީމް ޕާކުން އަޅާފައިވަނީ ހަޅޭއްލެވުމުގެ ތެރޭގައި އަނގައިން ކުޅު ބޭރުވެ ކޮރޯނާ ވައިރަސް އެކަކު ގައިން އަނެކަކު ގަޔަށް ފެތުރުމުގެ ފުރުސަތު އޮންނާނެތީ ކަމުގައި އެ ތީމް ޕާކުން ބުނެފައިވެއެވެ.

އަދި ހަޅޭ ލަވާ މީހުން، އަނގަ ބަންދު ކޮށްގެން ހިތުން ތެރޭގައި ހަޅޭ ލެވުމަށް ވެސް ވަނީ އެދިފައެވެ.

މި އާދަ ހަރުލެއްވުމުގެ ގޮތުން އެ ޕާކުން ވަނީ ޗެލެންޖެއް ވެސް ފަށާފައެވެ. މި މަހުގެ 17 އާ ހަމައަށް ކުރިއަށްދާ މި ޗެލެންޖުގައި ޖެހެނީ ރޯލާ ކޯސްޓާ ދުއްވާއިރު، ބިރުނުގަނެ ވަރަށް ސީރިއަަސް މޫނެއް ދައްކައިގެން އިނދެ ވީޑިއޯ ޝޭއާ ކޮށް މީސް މީޑިއާ ގައި ހޭޝްޓޭގަކާއެކު ހިއްސާކުރާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!