ދުނިޔެ

ސަންޖޭ ސުޝާންތު ލައްވާ ހަތަރު ފިލްމް ކުޅުވަން ބޭނުންވި: މުމްބައި ފުލުހުން

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތު އަށް ހަތަރު ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިން ކަމަށް މަޝްހޫރު ފިލްމު ޕްރޮޑިއުސަރ ސަންޖޭ ލީލާ ބަންސާލީ ބަޔާންދީފިއެވެ.

Ads by WAMCO

މުމްބައި ފުލުސް ޑީ.ސީ.ޕީ އަބީޝޭކް ޓްރިމުކޭ ބުނެފައިވަނީ، ސަންޖޭގެ ހަތަރު ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ސުޝާންތަށް ދިން ނަމަވެސް އެއްވެސް ފިލްމަކަށް ނެގިފައިނުވަނީ ސުޝާންތަށް އެދުވަސްކޮޅު ވަގުތު ދެވެން ނެތުމުން، އެހެން ފަންނާނުން ނަގަން މަޖުބޫރުވީ ކަމަށް ސަންޖޭ ބަޔާން ދީފައިވާ ކަމަށެވެ.

މީގެ އިތުރުން ރިޕޯޓުތަކުން ހާމަ ކޮށްފައިވާ ގޮތުގައި ސުޝާންތު ހުރި ގޭގެ ސީ.ސީ.ޓީ.ވީ ފޫޓެޖް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ތަހުގީގަށް ފޮނުވާފައެވެ.

މުމްބައި ފުލުހުން ދަނީ މި މައްސަލަ ވީހާވެސް އެންމެ ފުނަކަށް ތަހުގީގު ކުރަމުންނެވެ. ސުޝާންތު ގެ މަރާއި ގުޅޭ ގޮތުން ޓްވީޓާގައި ފެތުރިފައިވާ ހަބަރު ތަކަކަށް ފުލުހުން ޖަވާބެށް ނުދެއްވާ ކަމަށް ވެސް ރިޕޯޓް ތަކުން ފާހަގަ ކުރެވެއެވެ.

މީސް މީޑިއާގައި ދޮގު ހަބަރު ނުފެތުރުމަށް އެދެމުން އަބީޝޭކް ޓްރިމުކޭ ބުނެފައިވަނީ ފުލުހުން މި މައްސަލަ ތަހުގީގު ކޮށް ނިންމާނެ ކަމަށެވެ. މީގެ އިތުރުން އޭނާ އެދިފައިވަނީ ފުލުހުން ކުރާ މަސައްކަތަށް ހުރަސްނާޅާ ހިއްވަރު ދެއްވުމަށެވެ.

ސުޝާންތު މަރުވެފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ބަންޑްރާގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައި އަމިއްލައަށް ކަމަށް ފުލުހުންގެ ރިޕޯޓުތަކުން ހާމަކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!