ޚަބަރު

އިންޑިއާގެ ވިސްތާރާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑިއާގެ ވިސްތާރާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ވިސްތާރާ އެއަރލައިނުން ރާއްޖެއަށް އައި ފުރަތަމަ ފްލައިޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. ވިސްތާރާ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ކުރަނީ މުމްބާއީން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ އިން ފެށިގެން މާލެ އާއި އިންޑިއާގެ މުމްބާއީ އާ ދެމެދު އެއާ ވިސްޓާރާގެ ދަތުރުތައް ފަށާފައިވާ ކަމަށެވެ. އަދި މި އެއާލައިންގެ ފުރަތަމަ ފްލައިޓް އިއްޔެ މެންދުރު 12:25 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާ ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

އެއާ ވިސްޓާރާގެ ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއަކު އާދިއްތަ، ބުދަ އަދި ހޮނިހިރު ދުވަހު އެވެ. ޓިކެޓުގެ އަގު އުޅެނީ ދެކޮޅަށް 244 ޑޮލަރާއި 648 ޑޮލަރާ ދެމެދު އެވެ.

އިންޑިއާގެ ވިސްތާރާ އެއރަލައިންއިން ރާއްޖެއަށް ދަތުރު ފަށާފައިވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު ޤާއިމްކޮށްފައިވާ އެއަރ ޓްރެވެލް ބަބުލްގެ ދަށުންނެވެ.

އެއާ ވިސްޓާރާ އަކީ އިންޑިއާގެ ޓާޓާ ގްރޫޕާއި، ސިންގަޕޯ އެއާލައިންސް ހިއްސާވެގެން އުފައްދާފައިވާ އެއާލައިނެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!