ދުނިޔެ

ދާރުލް އާސާރެއްގެ ގޮތުގައި ބޭނުން ކުރަމުން އައި މިސްކިތުގައި އަލުން އަޅުކަން ކުރުމުގެ ހުއްދަ ދިނުމުން އެތައް ބައެއްގެ ތައުރީފު

ދެން އެމްވީ ، ދެން އޮންލައިން

ތުރުކީގެ މަޝްހޫރު ދާރުލްއާސާރެއް މިސްކިތަކަށް ބަދަލު ކޮށްފިއެވެ. ކުރިއެކޭ ވެސް އެއްފަދައިން މި ތާރީހީ ދާރުއްލާސާރުވަނީ ދުނިޔޭގެ މަޝްހޫރު ތަނެއްކަމުގައި ފާހަގަ ކުރެވިފައެވެ.

Ads by WAMCO

މީގެ 1،500 އަހަރު ކުރިން މި ދާރުއްލާސާރަކީ މިސްކިތެއް ބިނާ ކުރެވިފައިވާ ތަނެއް ކަމަށް ބޭރުގެ މީޑިއާ ތަކުން ހާމަކުރެއެވެ. ނަމަވެސް 1934 ގައި މި މިސްކިތް ވަނީ ދާރުއްލާސާރަކަށް ބަދަލު ކުރެވިފައެވެ.

ތުރްކީގައި ދިރިއުޅޭ މުސްލިމުން ވަނީ ތުރްކީގެ މި ދާރުއްލާސާރު މިސްކިތަކަށް ބަދަލު ކުރަން މާ ކުރިންސުރެ ގޮވާލާފައެވެ. ނަމަވެސް މި ކަމާ އެއްބަސް ނުވެ، މި ކަމަށް ދެކޮޅު ހެދި ބަޔަކު ވެސް އުޅުނެވެ. މި މައްސަލައިގައި ދީނީ ގޮތުންނާއި، ސިޔާސީ ގޮތުން ވެސް ވަނީ ބޮޑެތި ހަމަ ނުޖެހުމުގެ ތެރެއަށް އެ ގައުމު ވެއްޓިފައެވެ.

މި ދާރުލްއާސާރު މިސްކިތަކަށް ބަދަލު ކުރަން ނިންމާފައިވާއިރު މި މިސްކިތަށް ދެވިފައިވާ ނަމަކީ އަޔަސޮފްޔަ އެވެ. އަދި ހަމައެހެންމެ މި މިސްކިތް ހުޅުވާލަންވަނީ ނިންމަވާފައެވެ.

އަދި މި ކަމާ ދެކޮޅު ހެދި ފަރާތްތަކުން ވަނީ އެންމެ ކުރީގައި އެ ބިނާގައި ހެދުނު މިސްކިތަށް ޒިޔާރާތް ކުރާ މީހުން މަދު ވާހަކަ ފާހަގަކޮށް އަނެއްކާވެސް އެކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ. ކުރިއެކޭ އެއްފަދައިން ބިނާކުރެވުނު މި މިސްކިތާ މެދު ނުރުހުން ފާޅު ކުރާ މީހުން އަދިވެސް އުޅެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!