ދުނިޔެ

އިންސާނިއްޔާތުގެ ކަންފުޅެއް ވެސް ނެތް! އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް އުކަނީ

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ އަވަށެއް ކަމުގައިވާ ނެލޯރު ގައި ކޮވިޑް19 ޖެހިގެން މަރުވި މީހުން ހަށިގަނޑުތައް އުކާލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by WAMCO

މި މަންޒަރު ދައްކުވައިދޭ ވީޑިއޯ ފެންނަ ގޮތުގައި ސޫޓުލައިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބި ބަޔަކު، ބުލްޑޯޒަރެއްގެ އެހީގައި މަރުވި މީހުންގެ ހަށިގަނޑުތައް ބޮޑު ވަޅުގަނޑަކަށް އަޅާލާތަން ފެނެއެވެ. މީގެ އިތުރުން އެންބިއުލޭންސްއިން އެ ހަށިގަނޑުތައް ނަގާ މަންޒަރުވެސް ފެނިގެންދެއެވެ.

މި ވީޑިއޯ ގެ މައްސަލަ ފެންމަތިވުމާއެކު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުން ކަމަށް ބުނެފައެވެ.

މި ފާއިތުވި ދެ ހަފްތާ ތެރޭގައި ހިނގައިދިޔަ މި ފަދަ ތިން ވަނަ ހާދިސާއެވެ.

މި މަހުގެ ކުރީ ކޮޅުގައި ވެސް ތިރުޕާތީގައި ވެސް ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު އެކްސްކެލެވޭޓާ އެއް ބޭނުން ކޮށްގެން އެންބިއުލޭންސް އިން ނަގައި ވަޅުގަނޑަކަށް އެއްލާލި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެކަން ފެންމަތިވުމާއެކު، ވަޅުލުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ މުނިސިޕަލްޓީ އިން ވަނީ އެމީހާ އަކީ ބަރުދަނުގައި 180 ކިލޯ ހުރި މީހެއް ކަމަށް ބުނެފައެވެ.

ގިނަ ބަޔަކު ބުނާ ގޮތުގައި ކޮވިޑް ޖެހިގެން މަރުވާ މީހުނާ މެދު މިފަދަ ލާއިންސާނީ ގޮތަކަށް އަމަލު ކުރުމަކީ މަރުވި މީހުންގެ އާއިލާ ގައި ކޮޅު ފައިން ޖެހުން ފަދަ ކަމެކެވެ. އަދި އެއީ އެމީހުނަށް ކުރެވޭ ވަރަށް އިހުތިރާމު ކުޑަ ކަމެއް ކަމުގައިވެސް ގިނަ ބަޔަކު ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!