ޚަބަރު

ސަފު ހަދާއިރު ދުރުގައި ތިއްބަސް ނަމާދު ސައްޙަވާނެ: ރައީސް މައުމޫން

ދެން އެމްވީ ، ދެން އޮންލައިން

ނަމާދު ކުރަން ސަފު ހަދާއިރު، އެކަށީގެންވާ ސަބަބަކަށްޓަކައި ދުރުދުރުގައި ތިއްބަސް ނަމާދު ސައްޙަވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ ތިން މަހަށްވުރެ ގިނަ ދުވަސް ފަހުން އިއްޔެ މާލެ ސަރަޙައްދުގައި އިއްޔެ ހުކުރު ނަމާދު ކޮށްފައިވާއިރު، ގައިދުރުކުރަން އިސްކޮށްފައިނުވާތީ އެކަމާއި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާއި ގުޅިގެން ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޖަމާޢަތުގައި ސަފު ހަދާއިރު އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ކަމުގައިވިޔަސް، އެކަށީގެންވާ ސަބަބަކަށްޓަކައި ދުރު ދުރުގައި ތިއްބަސް ނަމާދު ސައްޙަވާނެކަމަށެވެ.

"މިހާރު ދިމާވެގެން މިއުޅެނީ އެފަދަ ސަބަބެއް. ދުނިޔޭގެ އެހެން އިސްލާމީ ޤައުމުތަކުގައިވެސް މިދުވަސްކޮޅު ޖަމާޢަތުގައި ސަފު ހަދަނީ ގައިދުރުކަމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން" ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!