ދުނިޔެ

ދުރުން ފެނިގެން ހީކުރީ ކާޅެއް ކަމަށް، ތަންކޮޅެއް ކައިރިވުމުން ފެނުނީ ބިރުވެރި މަންޒަރެއް!

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާގެ ނޯތު ކެރޮލައިނާގައި ވަރަށް އާދަޔާ ޚިލާފު މަންޒަރެއް ފެނިއްޖެއެވެ.

Ads by WAMCO

ބީޗު ސަރަޙައްދުގައި ބަޔަކު ތިބިއިރު، ވަރަށް ދުރުން ދޫންޏެއް އޭގެ ދެފައިން އެއްޗެއް ހިފައިގެން އަންނަތަން ފެނުނެވެ.

އެމީހުން ބުނިގޮތުގައި، ފުރަތަމަ އެމީހުން ހީކުރީ އަންނަނީ ތަންކޮޅެއް ބޮޑު ކާޅެއް، އޭގެ ނާސްތާ ހިފައިގެނެވެ.

ނަމަވެސް އެއަށްވުރެ ތަންކޮޅެއް ކައިރިވުމުން، އެއީ ކާޅެއް ނޫން ކަމާއި ދުވަހަކު ވެސް އޭގެ ކުރިން ނުފެންނަފަދަ ބޮޑު ދޫންޏެއްކަން އެމީހުންނަށް އެނގުނެވެ.

މީގެއިތުރުން އެދޫނި އުދުހުނީ މިޔަރެއް ހިފައިގެން ކަމަށްލަފާ ކުރެވޭ މަހެއް ކަމަށް ވެސް މީހުން ބުނެފައިވެއެވެ.

މިމަންޒަރު ބަޔަކުމީހުން ވީޑިއޯ ކޮށްފައިވާއިރު، އެއީ ކޮންކަހަލަ ދޫންޏެއްތޯ ވެސް ހޯދުމުގެ މަސައްކަތް ބައެއް މީހުން ވަނީ ފަށާފައެވެ. އެގޮތުން ޓްވިޓާގައި ބައެއް މީހުން ބުނެފައިވަނީ މިއީ ދޫނީގެ ބާވަތެއް ކަމަށްވާ "އޮސްޕްރޭ" ދޫންޏެއް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!