ދުނިޔެ

ތުނބުޅި ލައިފައި ތިބޭ މީހުންނަށް އަންހެނުން އިތުބާރު ކުރޭ: ދިރާސާ

ދެން އެމްވީ ، ދެން އޮންލައިން

އެއް ދުވަސް ކޮޅެއްގައި މީހުން ދިޔައީ ތުނބުޅި ހުންނަ މީހުންނަށް ފާޑު ކިޔަމުންނެވެ. ނަމަވެސް ދުނިޔެ ބަދަލު ވަމުން އަންނަ ވަރަކަށް މީހުންގެ ވިސްނުން ވެސް ދަނީ މިކަމާ މެދު ބަދަލު ވަމުންނެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި މީހުންނަށް މިހާރު އެންމެ ކަމުދަނީ ތުންބުޅި ލާފައި ހުންނަ މީހުންނެވެ.

Ads by Sosun Fihaara

މުސްލިމުންގެ ތެރޭގައި ތުންބުޅި ދިގު ކުރުމަކީ ސަގާފަތެއް ކަމަށާއި ރަސޫލާ(ޞޢޥ) ގެ ޒަމާނުން ފެށިގެން ވަނީ ތުންބުޅި ދިގު ކުރުން ވަނީ ދެމިގެން ގޮސްފައި ކަމަށް މި ދިރާސާގައި ފާހަގަ ކޮށްފައިވެއެވެ. މީގެ އިތުރުން ތުނބުޅި ދިގު ކުރުމަކީ އިސްލާމް ދީނުގައި ވެސް އާންމު ކަމެއް ކަމަށާއި އަދި އެހެން ދީން ތަކުގެ މީހުންގެ ތެރެގައި ވެސް މިކަން ވަނީ އާންމު ކަމަށް ވެފައެވެ.

ދިރާސާ ތަކުން ދައްކާ ގޮތުގައި ތުނބުޅި ހުންނަ މީހުން ބަލާ ގަނެވިފައި ވަނީ ވަރުގަދަ ބައެއް ގޮތުގައި ކަމަށާއި އަންހެނުންނަށް ބޮޑަށް ކަމުދަނީ ވެސް ތުނބުޅި ހުންނަ މީހުންކަން ފާހަގަ ކުރެވޭ ކަމަށެވެ. މީގެ އިތުރުން ދިރާސާ ތަކުން ދައްކާ ދޭ ގޮތުގައި ތުނބުޅި ހުންނަ މީހުން ވެފައި ވަނީ އިތުބާރު ކުރެވޭ ބަޔަކަށެވެ. ގިނަ މީހުންގެ ވިސްނުން ހުންނަ ގޮތުގައި ތުނބުޅި ނެތް މީހުން ބަލާ ގަނެވިފައި މި ވަނީ މަކަރުވެރިންގެ ގޮތުގައެވެ. މީގެ އިތުރުން ތުނބުޅި ހުންނަ މީހުން އަންހެނުންނާއި ނުފޮށޭ ކަމަށް ވެސް ފާހަގަ ކޮށްލެވެއެވެ.

އަދި ހަމަ އެހެންމެ މިޒަމާނުގައި މިހާރު ގިނަ މީހުންނަށް ކަމުގޮސްފައި މިވަނީ ތުނބުޅިދިގު މީހުން ކަމަށް ވަރަށް ބޮޑަށް ފާހަގަ ކޮށްލެވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!