ދުނިޔެ

އިންޑިއާގައި ޑެންގޫ ފެތުރި ދާނެ ކަމުގެ އިންޒާރެއް!

ދެން އެމްވީ ، ދެން އޮންލައިން

ޑެންގޫ އަކީ ކޮންމެ އަހަރަކުވެސް ވަކި ދުވަސްވަރެއްގައި ފެތުރޭ އެއްްޗެއް ކަމަށާއި މި އަހަރުގެ ޑެންގޫ މޫސުން މިވަނީ ނުރައްކާ ދުވަސް ކޮޅަކާ ދިމާވަފައިވާ ކަމަށް ފާހަގަ ކުރެވެއެވެ. ނުރައްކާ ވާންޖެހުނު މައިގަނޑު ސަބަބަކަށް ވެފައި މިވަނީ ކޮވިޑް 19 މި ދުވަސް ކޮޅު ފަތުރެމުން ދާތީ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ. ސައިންސް ވެރިން ބުނާ ގޮތުގައި އެބޭފުޅުން ބޮޑަށް ކަންބޮޑުވަނީ ކޮވިޑް 19 އާއި ޑެންގޫ ދޭތި އެއްކޮށް ފެތުރުމާއެކު ބަލިމަޑުކަން ފަތުރޭލެއް ބޮޑު ވެދާނެތީ ކަމަށެވެ.

Ads by Sosun Fihaara

ޑެންގޫ އާއި ކޮވިޑް 19 ގައި ކުރަން ޖެހޭ ޓެސްޓު ތަފާތު ވީ ކަމުގައި ވީ ނަމަވެސް ބަލީގެ ސަބަބުން ކުރާ ބައެއް އަސަރު ތައް އެއްގޮތް ކަން ކޮށްލެވެއެވެ. މި ކަމުގެ ސަބަބުން ބަލި މީހުންނަށް ވަނީ އިތުރު ބިރުވެރިކަމެއް ކުރިމަތިވެފައެވެ.

ކޮވިޑް 19 ގައި ބަލިވާ މީހުންގެ އަދަދު އިތުރު ވަމުން ދާ ވަރަކަށް ޑެންގޫގައި ބަލިވާ މީހުންގެ އަދަދުވެސް ދަނީ އިތުރު ވަމުންނެވެ. 2016 އާއި 2019 ދެމެދު ކޮންމެ އަހަރަކު 100،000 އާއި 200،000 މީހުން ޑެންގޫ ބައްޔަށް ޕޮޒިޓިވް ވާ ކަމަށް ދިރާސާ ތަކުން ދައްކާދެއެވެ.

ކޮވިޑް 19 އާއި ޑެންގޫ ގައި ގަދައަށް ހުން އައުމާއި، ބޮލުގަ ރިއްސުމާއި، ގައިގައި ރިއްސުން ފަދަ އަލާމާތްތަށް ފުންނަ ކަމަށް ފާހަގަ ކޮށް ލެވެއެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި ދެބަލި އެއްފަހަރާ ޖެހުމުން މީހާ މާ ބޮޑަށް ބަލި ވާނެއެވެ.

މި ހާލަތުގައި ވިސްނާލަން ޖެހޭނޭ ކަމަކީ މި ނާޒުކު ދަނޑި ވަޅުގައި މި ބަލިން ސަލާމަތް ވުމާއި ރައްކާތެރި ކަމަށް ޓަކާއި ކުރެވޭނެ ކަންކަމާ މެދުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!