މިނިސްޓަރު އިމްރާން އަންހެނެއްގެ އުރަމަތީގައި ހިފިކަމަށް ބުނާ އޯޑިއޯއެއް ދައުރުވަނީ
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަންހެނެއްގެ އުރަމަތީގައި ހިފި ކަމަށް ބުނާ އޯޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.
އެ އޯޑިއޯގައި ވާހަކަދައްކާ މީހާ އެ ވާހަކަ ކިޔައިދެނީ ޔުމްނާ ނަމަކަށް ކިޔާ މީހަކަށެވެ. ބެލެވޭ ގޮތުގައި އެއީ މިނިސްޓަރު އިމްރާންގެ މިހާރުގެ އަނބިކަނބަލުން ޖެންޑާ މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާއެވެ.
އޯޑިއޯގައި ވާހަކަދައްކާ އަންހެން މީހާ ބުނާ ގޮތުގައި އޭނާ މިނިސްޓަރު އިމްރާންއާ އެންމެ ފުރަތަމަ ބައްދަލުވީ ފޭސްބުކްންނެވެ. އަދި އެފްބީ އިން ދެ މީހުން ވާހަކަ ދައްކަމުން ގޮސް އިސްތިހާރާ ނަމާދު ކުރަން އެނގޭތޯ ސުވާލުކޮށް ޕާޓީގެ އޮފީހަށް ދާން ދައުވަތު ދިން ކަމަށް އަންހެން މީހާ ބުނެއެވެ.
އެއާ އެކު ޕާޓީގެ އޮފީހަށް ގެންގޮސް، މިނިސްޓަރު އިމްރާން އޭނާ އުރަމަތީ ހިފައި ތަދު ކުރި ކަމަށް އޭނާ ބުނެއެވެ. އޭނާ ބުނީ އެއީ އެކަމުގެ ފުރަތަމަ މަރުހަލާ ކަމަށާއި ދެން ހުރި ވާހަކަތައް ކިޔައިދޭނެ ކަމަށެވެ.
އޯޑިއޯގައި އެ މީހާ ބުނި ގޮތުގައި ކުލަ އަލި ކޮންމެ އަންހެނަކާ މެދު އިމްރާން ކަންތައް ކުރާނެ ގޮތް އޭނާ އަށް އެނގޭ ކަމަށެވެ.