ދުނިޔެ

މާސްކް އަޅަން ދެކޮޅު ހެދި ފަސިންޖަރުންތަކެއް ބަސް ޑްރައިވަރެއް މަރާލައިފި

ދެން އެމްވީ ، ދެން އޮންލައިން

59 އަހަރުގެ ފިލިޕް މުންގުއިލޮޓް 5 ޖުލައި ގައި ވަނީ އޭނާގެ ބަހުން ވައްޓާލުމުގެ ސަބަބުން ސިކުނޑި މަސައްކަތް ކުރުން ހުއްޓިފައެވެ.

Ads by Sosun Fihaara

އޭނާގެ 18 އަހަރުގެ ދަރިފުޅު ބުނެފައިވަނީ އޭނާގެ ބައްޕަ އިތުރަށް ދުނިޔޭގައި ނުބާއްވާ ފަރުވާ ނުކޮށް ދޫކޮށްލުމަށް ޑޮކްޓަރުން އިރުޝާދު ދެއްވި ވާހަކައެވެ. އޭނާގެ މި މަރާއި ގުޅޭ ގޮތުން ވަނީ 2 މީހުން ހައްޔަރު ކުރެވިފައެވެ. އަދި އިތުރު ދެމީހުން ވަނީ އޭނާ މި ނުރައްކާގެ ތެރެއަށް ވައްދަން މަސައްކަތް ކޮށްފައި ކަމަށް ބޭރުގެ މީޑިއާ ތަކުން ރިޕޯޓް ކުރެެއެވެ. ނަމަވެސް އަދި އެކަކު ވަނީ ފިލާފައިވާ ކަމަށް ހަބަރު ތަކުން ބުނެއެވެ.

މި ހާދިސާ އާ އޭނާ ކުރިމަތި ލާން ޖެހުނު ސަބަބަކީ ބަސް ތެރޭގައި މާސްކް ނާޅާ ތިބި 3 މީހެއްގެ ކައިރީގައި މާސްކް އަޅަން ބުނުމާއެކު އޭނާ ބަހުން ބޭރަށް އެއްލާލާ އޭނާއަށް ވަރަށް އަނިޔާވެރި ގޮތަކަށް ކަންތައް ކުރުމެވެ. އަދި މީގެ އިތުރުން ޓިކެޓް ޗެކް ކުރަން އުޅުމުގެ ސަބަބުން ވެސް އޭނާއަށް ވަނީ ބޮޑެތި އަނިޔާތަކާ ކުރިމަތިލާން ޖެހިފައެވެ.

ކޮރޯނާ ވައިރަސް ފެތުރެމުން ދާ ދުވަސް ކޮޅަކަށް ވުމާއެކު މާސްކް ނާޅާ ދަތުރު ކުރުން އެއީ މަނާ ކަމެއް ކަން ފާހަގަ ކޮށްލެވެއެވެ.

އޭނާ ގެ އަނބި މީހާ އާދޭހާއެކު އެދެނީ އޭނާގެ ފިރިމީހާގެ މަރަށް މަރު ހިފުމަށެވެ. އޭނާގެ ފިރިމީހާއަށް އިންސާފު ހޯދައި ދިނުމަށެވެ. އޭނާގެ އަންހެނުން ބުނެފައިވަނީ އޭނާ އާއި އޭނާގެ 3 ކުދިން ދޫކޮށް ދިޔުމަކީ އަދިވެސް ގަބޫލު ކުރަން ދަތި ކަމެއް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!