މުނިފޫހިފިލުވުން

"އަނޫރާގް" ވެސް ކޮވިޑް އަށް ފައްސި ވުމާއެކު ކަސޯޓީ މަޑުޖެހިއްޖެ!

ދެން އެމްވީ ، ދެން އޮންލައިން

މަޝްހޫރު ޑްރާމާ ސީރީޒް "ކަސޯޓީ ޒިންދަގީކޭ" ގެ ލީޑް އެކްޓާރ "އަނޫރާގް ބާސޫ" ގެ ރޯލު އަދާ ކުރާ ޕާރްތު ސަމްތާން ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by Sosun Fihaara

ޕާރްތު އިންސްޓަގްރާމް ގައި ބުނެފައިވަނީ ކޮވިޑްގެ އަލާމާތްތަކެއް ހުރުމުން ޓެސްޓު ކުރި ކަމަށާއި އޭނާ އެބައްޔަށް ފައްސިކަން ހާމަވެފައިވާ ކަމަށެވެ.

ކަސޯޓީގެ ޝޫޓިންގ މިދިޔަ މަހުގެ 27 ވަނަ ދުވަހު އަލުން ފަށާފައިވާއިރު "އަނޫރާގް" އަށް ކޮވިޑް ޖެހުމުން އެޝޯގެ ކާސްޓުންނާއި ކްރޫއިން ވެސް ކަރަންޓީނަށްލާފައިވާ ކަމަށާއި ޕާރްތު ވެސް ހޯމް ކަރަންޓީނަށް ލާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ޕާރްތު ކޮވިޑް އަށް ފައްސި ވުމުން، އޭނަގެ އެކުވެރިންނާއި ފޭނުން ވެސް ވަނީ ހެޔޮ ދުޢާކޮށް ހިތްވަރު ގަދަ ކުރުމަށް ބުނެ މެސެޖު ފޮނުވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!