މަޖިލީހުގައި ތިއްބަވާ އެމްޑީޕީ އަންހެން މެންބަރުން ތިޔަޖައްސަވާ ދެފުށްކެހެރި ޓޭޕް ދެން ނުހިނގާނެ: ޖަމީލް
މަޖިލީހުގައި ތިއްބަވާ އެމްޑީޕީ އަންހެން މެންބަރުން ތިޔަޖައްސަވާ ދެފުށް ކެހެރި ޓޭޕް ދެން ނުހިނގާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ އަންހެނުންނަށް އެކި ގޮތްގޮތުން ލިބެމުންދާ އަނިޔާތަކަށް މިސަރުކާރުން އަޅާނުލި ކަމަށާއި އަދި މަޖިލީހުގައި ތިއްބަވާ އެމްޑީޕީ އަންހެން މެންބަރުން ޖައްސަވާ ދެފުށްކެހެރި ޓޭޕް ދެން ނުހިނގާނެ ކަމަށެވެ.
ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު މުހައްމަދު ދީދީ އާއި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދުގެ ފޮޓޯއަކާއެކު ކުރި މި ޓްވީޓުގައި ޖަމީލް ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އަންހެނުންނަށް އެކި ގޮތްގޮތުން ލިބެމުންދާ އަނިޔާތަކަށް މިސަރުކާރުން އަޅާނުލި ކަމަށާއި، ޖިންސީ ކުށްކުރާ މީހުންނަށް ސަރުކާރުގެ ހިމާޔަތް ލިބޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.
ޖަމީލް މިހެން ވިދާޅުވެފައިވާއިރު މިއަދު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ޖެންޑާ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.