ޚަބަރު

ސްމިތު ޖިންސީ ފުރައްސާރަ ކުރި މައްސަލަ ރައީސް އޮފީހުން ބަލަނީ

ދެން އެމްވީ ، ދެން އޮންލައިން

ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރުގެ މަޤާމުގައި ހުރި އަލީ ހާޝިމް ( ސްމިތު ) މީސް މީޑިއާ ގައި އަންހެނަކަށް ފުރައްސާރަކުރި މައްސަލަ ބަލަމުން އަންނަ ކަމުގައި ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ހޫދު މިހެން ވިދާޅުވީ ސްމިތުގެ ޓުވީޓުގައި ބޭއަދަބީ ކަންކަން ވާކަން ފާހަގަކޮށް މީހަކު ކުރި ރައީސް ސޯލިހު ޓެގު ކޮށް ކުރި ޓްވީޓަކަށް ޖަވާބުދެއްވަމުންނެވެ.

ހޫދު ވަނީ ސްމިތުގެ ޓްވީޓުގައި ބޭއަދަބީ ބަސް ބޭނުން ކޮށް އިހުތިރާމުކުޑަކޮށް ވާހަކަދައްކާފައިވާ ކަން ފާހަގަކޮށްފައެވެ. އަދި މިއީ އެއްވެސް ހާލެއްގައި ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި މި މައްސަލަ ބަލަމުން އަންނަ ކަމުގައި ހޫދު ވިދާޅުވިއެވެ.

ސްމިތު އަންހެނަކަށް ފުރައްސާރަކޮށްފައިވަނީ 9 އަންހެން ކުދިން ތަނަކަށް ގެންދިޔަ ކަމަށް ހާދަ ކާމިޔާބު މީހެކޭ ބުނެ އަމިއްލަ އަށް ހިއްސާކުރި ފޮޓޯ އަށް އެ އަންހެން ކުއްޖާ ދިން ރައްދަކާ ގުޅިގެންނެވެ.

އެގޮތުން ސްމިތު ވަނީ އެ އަންހެން ކުއްޖާ "ރޭޕް ކުރީމަ ކަޑަވަނީ ދޯ' އޭ ބުނެ ފުރައްސާރަކޮށްފައެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރުގެ މިނިސްޓްރީ އެއްގެ މަތީ މަގާމެއް ގައި ހުންނަވައިގެން ސްމިތު ކުރި މި ފުރައްސާރަ ބަލައިނުގަނެވޭނެ ކަމަށް ބުނެފައެވެ. އަދި މިއީ ސަރުކާރުން ސިޔާސީ މަގާމުތަކަަށް އައްޔަން ކޮށްފައި ތިބި މީހުންގެ އަޚުލާގީ ފެންވަރު ދަށް ކަން ހާމަވާ ކަމެއް ކަމުގައި ވެސް ގިނަ ބަޔަަކު އަންނަނީ ބުނަމުންނެވެ.

ސްމިތު އަކީ ދީނީ އިލްމުވެރިޔާ އަދި އޫނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅިގެންވެސް އޭނާ ހައްޔަރު ކޮށްފައިވާ މީހެކެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ.

މީގެ އިތުރުން ވެސް ބިރުދެއްކުމާއި މީހަކަށް ހަމަލާ ދިނުމުގެ މައްސަލައެއްގައި ވެސް ސްމިތު މީގެ ކުރިން ހައްޔަރުކޮށްފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!