އުޅެއުޅެ އިމްރާން އަށް ގޮތެއް ހަދާ ނުލެވިގެން އެންމެ ފަހުން ވާދަވެރިން މި ފެށީ އަނބުރު ކަތިލާ ގޭމް ކުޅެން: ޒައިދު
ހޯމް މިނިސްޓަރު އަދި އަދާލާތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ދެކެވެމުން އަންނަ ވާހަކަތަކަށް އަލީ ޒައިދު ރައްދު ދެއްވައިފިއެވެ.
މިނިސްޓަރު އިމްރާން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ އަޑުއިވޭ އޯޑިއޯއެއް ވަނީ މީސް މީޑިއާގައި ދަރުވާން ފަށާފައެވެ. އޯޑިއޯގައި އަންހެން މީހާ ވަނީ އަދާލަތު ޕާޓީގެ އޮފީހަށް ގެންގޮސް އޭނާގެ އުރަމަތީގައި ހިފި އަނިޔާކުރި ކުރި ވާހަކަތަކެއް ކިޔައިދީފަ އެވެ. އޭނާ ކިޔައިދީފައިވާ ގޮތުގައި މިނިސްޓަރުގެ ފަރާތުން ގިނަ އަންހެނުންތަކަށް ވަނީ ފުރައްސާރަ ކުރިމަތިވެފަ އެވެ.
މިކަމާ ގުޅިގެން އިމްރާން ދިއުފާއު ކުރައްވައި ޒައިދް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުޅެ އުޅެވެސް އިމްރާން އަށް ގޮތެއް ހަދާ ނުލެވިގެން އެންމެ ފަހުން ވާދަވެރިން އެމަނިކުފާނުގެ އަނބުރު ކަތިލާ ގޭމް ކުޅެން ފަށާފައިވާ ކަމަށެވެ.
"ޝެއިހް އިމްރާން އަކީ ހެޔޮ ރަނގަޅު ބޭފުޅެއް! ހެއްކެއް ނެތި އަބުރު ކަތިލުމަށް ދައްކާ މިޒާތުގެ ހޮޅި ވާހަތަކާ ހެދި ހަގީގީ ޖިންސީ މައްސަލަތައް ނޭގި އޮޅިގެން ދޭ" ޒައިދު ވިދާޅުވިއެވެ.
އެ އޯޑިއޯގައި ވާހަކަދައްކާ މީހާ ކިޔަނީ "ޔުމްނާ"އެއްގެ ވާހަކައެވެ. ބެލެވޭ ގޮތުގައި އެއީ މިނިސްޓަރު އިމްރާންގެ މިހާރުގެ އަނބިކަނބަލުން ޖެންޑާ މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާއެވެ. ޔުމްނާއާ އެ ވާހަކަތައް ކުރިން ވެސް ހިއްސާކޮށްފައިވާނެ ކަމާއި ނަމަވެސް އެކަމުގައި ހިމޭނުން ހުންނަކަން ދޭހަވާ ގޮތަކަށް އޯޑިއޯގައި އެ އަންހެން މީހާ ބުނެ އެވެ.
އަދި އިމްރާންގެ ފުރައްސާރައިގެ ވާހަކަތަކުގެ ގިނަ ވާހަކަތަކެއް އޭނާ އަދިވެސް ހިއްސާ ކުރަމުން ދާނެ ކަމާއި މަޑު ނުހުންނާނެ ކަމަށް ވެސް ބުނެ އެވެ.
މިިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިމްރާންގެ ޖިންސީ ފުރައްސައިރައިގެ މައްސަލައެއް ފުލުހަށް ހުށަހަޅާފައިނުވާ ކަމަށެވެ. ނަމަވެސް އެ އޯޑިއޯގެ މައުލޫމާތު ލިބިފައިވާތީ އޭގެ ސައްހަކަން ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.