ދުނިޔެ

ފުރާވަރުގެ ކުޑަ ކުއްޖަކު ޔޫޓިއުބުން ބެލި ވީޑިއޯއެއް "ޓެސްޓު ކުރަން" ކުޑަ ކުއްޖަކު މަރާލައިފި!

ދެން އެމްވީ ، ދެން އޮންލައިން

ޔޫޓިއުބަކީ މިޒަމާނުގައި ކުދިބޮޑު އެންމެންވެސް ބޭނުން ކުރާ އެއްޗެކެވެ. ނަމަވެސް ކޮންމެ އެއްޗެއް ވެސް ބޭނުން ކުރަން ވާނީ ވަރަށް ވެސް ވިސްނުންތެރިކަމާއެކުގައެވެ.

Ads by Sosun Fihaara

ޚާއްސަކޮށް ކުޑަކުދިން އެއެއްޗެހި ބޭނުންކުރާނަމަ ބަލަނީ ކޮން އެއްޗެއްތޯ ބެލެނިވެރިން ބަލަން ވާނެއެވެ. އެހެންނޫންނަމަ ހިތާމަވެރި ހާދިސާތަކާއި ކުރިމަތިވެދާނެއެވެ.

އެފަދަ ހާދިސާއެއް މިވަނީ މިސްރުގެ ގީސާ ގައި ވެސް މިދިޔަ އަަދީއްތަ ދުވަހު ހިނގާފައެވެ. އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކު މިވަނީ ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަކު ދަންޖައްސާ މަރާލާފައެވެ.

ފުރާވަރުގެ ކުއްޖާ ވަނީ އެކުށަށް އެއްބަސްވެސް ވެފައެވެ. އޭނާބުނީ އެކުޑަ އަންހެން ކުއްޖާ ފެނުނީ މަގުމަތިން ކަމަށާއި، އެކުއްޖާ އުޅުނީ އެކުއްޖާގެ މަންމަ ހޯދަން ކަމަށެވެ.

ނަމަވެސް ފުރާވަރުގެ ކުއްޖާ އެކުއްޖާ ގެންދިޔައީ ކައިރީގައި ހުރި އިމާރާތަކަށެވެ. އެތަނުގެ ބެދިފައި ހުރި ތަނަކަށް ގެންގޮސް، ކޭބަލެއް ނަގާ ކުޑަ ކުއްޖާގެ ކަރަށް ވާންކޮށްލާ މަރާލިއެވެ.

ފުރާވަރުގެ ކުއްޖާ ބުނީ އޭނާ ހަމައެކަނި ބޭނުންވީ ޔޫޓިއުބުން ފެނުނު ވީޑިއޯއެއް ޓެސްޓު ކޮށްލަން ކަމަށެވެ. އެވީޑިއޯއިން ވެސް އޭގެ މަންޒަރު ފެނިފައިވާތީ ކަމަށް ބުންޏެވެ.

ކުއްޖާ މަރާލުމަށްފަހު ފުރާވަރު ކުއްޖާ ބިރުން އޭނަގެ ބޮޑުދައިތަގެ ގެއަށް ދިޔައެވެ. ނަމަވެސް ފުލުހުން ވަނީ އެކުއްޖާ ޓްރެކްކޮށް ބަޔާން ނަގާފައެވެ.

މިސްރުގެ ޤަވާއިދުން ބުނާ ގޮތުގައި 18 އަހަރުން ދަށުގެ މައްސަލަތައް ބަލަނީ ޖުވެނައިލް ކޯޓުންނެވެ. މީހަކު މެރުން ފަދަ ބޮޑު ކަމެއް ކުޑަ ކުދިން ކޮށްފިނަމަވެސް އެންމެ މަދުވެގެން 15 އަހަރުގެ ޖަލު ހުކުމެއް އާދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!